logoEN
WAMCO TOP 1
މާފުށީ ޖަލަށް ތަކެތި ވައްދަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

މާފުށީ ޖަލަށް ތަކެތި ވައްދަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

އަހުމަދު މާހު

logo

3/11/2022, 3:01:05 PM

# ފުލުހުން# ގެނބުން# މަރު# މާފުށި

221654064

ކ.މާފުށީ ޖަލަށް ޤަވާއިދާއި ޚިލާފަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނުކަމަށް ބެލެވޭ މީހަކުު އެރަށު ޖަލާ ދިމާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

THE TRAVELLER AD

ފުލުހުން ބުނީ، ފުލުހުން ބުނީ މާފުށީ ޖަލާ ދިމާ މުދުގައި ރޭ 02:22 ހާއިރު މަރުވެފައި އޮއްވާ މީހަކު ފެނިފައިވާކަމަށެވެ. އޭނާ މޫދުން ނަގައިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން މާފުށި ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސާރވިސްއިން ބުނީ، މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ޤަވާއިދާ ޚިލާފަށް ޖަލަށް ބައެއް ތަކެތި އެތެރެކުރަން އުޅުނު މީހެއްކަމަށެވެ. އޭނާއަށް އެ ތަކެތި ޖަލަށް އެތެރެކުރެވިފައިނުވާކަމަށާއި، މިހާރު އެ ތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް ކަރެކްޝަންސް އިން މައުލޫމާތު ދެއެވެ.

ފުލުހުން އިތުރަށް ބުނީ، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC