logoEN
WAMCO TOP 1
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް 16 އަހަރަށް ޖަލު ހުކުމެއް!

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް 16 އަހަރަށް ޖަލު ހުކުމެއް!

# ފުލުހުން# ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މީހާ- ފޮޓޯ: ފުލުހުން

ކުޑަކުއްޖަކާއެކު ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފި އެވެ.

THE TRAVELLER AD

މި މައްސަލާގައި ހުކުމްކޮށްފައިވަނީ 47 އަހަރުގެ، މ.މުނިޔާގެ/ މާލެ މުހައްމަދު އަނިލް އެވެ.

މައްސަލަ ނިންމި ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހަވާލާދީ ފުލުހުން ބުނީ 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައިވާއިރު، މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު މިދިޔަ ބުދަ ދުވަހު މުހައްމަދު އަނިލްގެ މައްޗަށް ހުކުމް ކޮށްފައިވާ ކަމަށެވެ.

މި ކުށުގެ އުގޫބާތެއްގެ ގޮތުން 16 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186ވަނަ މާއްދާގެ ދަށުން ބަންދުގައި ހުރި 4 މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު އަނިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. އަދި މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮށްފައިވާ ކާމިޔާބު މަސައްކަތެއްކަން ފުލުހުން ފާހަގަކުރި އެވެ.

ކޮމެންޓް
ފަހުގެ
HDC