logoEN
cocacola
އުރީދޫގެ ހިއްސާއަކަށް 2.70 ރ. ބަހަން ފާސްކޮށްފި

އުރީދޫގެ ހިއްސާއަކަށް 2.70 ރ. ބަހަން ފާސްކޮށްފި

އަހުމަދު މާހު

logo

3/8/2022, 9:56:08 AM

# އުރީދޫ

file_xgqeq4

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 2.70 ރ. ބަހަން ފާސްކޮށްފި އެވެ.

ގޮސިޔާ

މިގޮތަށް ފާސްކޮށްފައި ވަނީ ކްރޮސްރޯޑްސްގެ މެރީނާ ޖަލްސާކުރާ މާލަމުގައި ރޭ އުރީދޫން ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 98.7 ޕަސެންޓު ހިއްސާދާރުންގެ ވޯޓުންނެވެ.

ޖުމްލަ 1،202 ހިއްސާދާރުން މި ޖަލްސާގައި ބައިވެރިވިއިރު، އޭގެ ތެރެއިން ޕްރޮކްސީ މެދުވެރިކޮށް 1،101 ހިއްސާދާރަކު ބައިވެރިވެފައި ވެއެވެ. އަދި 101 ހިއްސާދާރަކު އަމިއްލަގޮތުން ބައިވެރިވެފައިވެއެވެ. މި ހުރިހާ ހިއްސާދާރުން 135.9 މިލިއަން ރުފިޔާގެ ހިއްސާ ތަމްސީލް ކުރެއެވެ.

އެއަށްފަހު، އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އިންތިހާބުކޮށްފައިވާއިރު، މިފަހަރުވެސް އިންތިހާބުކޮށްފައި ވަނީ މީގެ ކުރިންވެސް އެ މަގާމު ފުރުއްވި ފަރީހާ ޝަރީފެވެ. ފަރީހާ އެ މަގާމަށް އިންތިހާބުވެފައިވަނީ 732 ވޯޓުންނެވެ. އޭނާ އާ އެންމެ ގާތުން ވާދަކުރައްވާފައިވަނީ މީގެ ކުރިންވެސް އެ މަގާމަށް ވާދަކުރެއްވި އިބްރާހީމް ފިރުޝާނެވެ. އޭނާއަށް 461 ވޯޓު ލިބުނުއިރު، ދެން ވާދަކުރެއްވި އައިޝަތު ހުސައިން މަނިކަށް ލިބިވަޑައިގަތީ އަށް ވޯޓެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އުރީދުއަށް ލިބިފައިވަނީ 178.87 މިލިއަން ރުފިޔާއެވެ. އެއީ ހަތަރު ޕަސެންޓުގެ ކުރި އެރުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ