ގއ އަތޮޅު ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ
އަހުމަދު މާހު
3/3/2022, 5:15:51 PM
villingili
ގއ އަތޮޅު ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
ގއ އަތޮޅު ކައުންސިލުން މިއަދު ސަރުކާރުގެ ގެޓުގައި ޝާއިރުކުރި އިއުލާނެއްގައި ބުނެފައިވަނީ ގއ އަތޮޅުގެ 8 ރަށެއްގެ ލޭންޑްޔޫސް ޕްލޭން ހަދާ އެއްރަށެއްގެ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ''ލެޓަރއޮފް އިންޓަރެންސްޓް'' އަދި ބިލް އޮފް ކުއެންޓިޓީސް (ބީއޯކިޔު) ހައްދަވާ 14 މާރޗް 2022 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން އެ ކައުންސިލަށް އީމެއިލް ކުރެއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.
ލެޓަރ އޮފް އިންޓަރެސްޓްގައި ހިމަނަންޖެހޭ މައުލޫމާތު:
1- ލޭންޑްޔޫސް ޕްލޭން ހެދުމުގައި ލިބިފައިވާ ތަޖުރިބާ
2- ޕްލޭން ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ މައުލޫމާތު އައިޑީކާޑް ކޮޕީ.
3- ކުންފުނި ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އާއި ލިބިފައިވާ ހުއްދަތައް
4- މިމަސައްކަތް ކުރުމަށް ބޭނުންކުރާ ތަކެތީގެ މައުލޫމާތު
5- މަސައްކަތް ކުރުމަށް ހުށަހަޅާ އަގުގެ ތަފްޞީލް
މި މަސައްކަތާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7785996 ނަންބަރަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.