
އެއާޕޯޓާއި މުއައްޒަފުންގެ ކުރިއެރުމަށް ވިލާއިން މަސައްކަތްކުރާނެ: މުޣުނީ
# އަބްދުލް މުޣުނީ# ވިލާ އެއަރGMG_7834
ކާޑެއްދޫ އެއާޕޯޓް މުވައްޒަފުންގެ ކުރިއެރުމަށް ވިލާ އެއަރ އިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވިލާގެ ޗެއަރމަން ގާސިމް ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވިދާޅުވެއްޖެ އެވެ.

މުޣުނީ މިހެން ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓުގެ ސީނިއަރ މުވައްޒަފުންނާއި ވިލާ ގްރޫޕްގެ އިސްވެރިންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުޣުނީ ވިދާޅުވީ، ވިލާއިން ކާޑެއްދޫ އާ ހަވާލުވީ، ޝެޑިއުލްއެއްގެ ތެރެއިން ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމަށް ކަމަށާއި، އެކަން ވިލާއިން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރު ލިބިފައިވާކަމަށެވެ. އަދި ކާޑެއްދޫ މުވައްޒަފުންނަށް ދެރަގޮތެއް މެދުވެރިވާނެ އެއްވެސް ކަމެއް ވިލާއިން ނުކުރާނެ ކަމުގެ ޔަގީންކަން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ދެއްވާފައިވާ ކަމަށް މުޣުނީ ވިދާޅުވި އެވެ.
މީގެ ކުރިންވެސް ވިލާއިން ކާޑެއްދޫއާ ހަވާލުވެ އޮތްއިރު މުވައްޒަފުންގެ ކުރިއެރުމަށް ވިލާއިން މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް މުޣުނީ ވިދާޅުވީ، ވިލާއިން ކާޑެއްދޫ މުވައްޒަފުންގެ ކުރިއެރުމަށް މަަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވާފައިވާ ކަމަށެވެ.
އެއާޕޯޓް ހިންގަން 50 އަހަރަށް ދީފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ. ވިލާ އެއާ އިން ދައުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ އެއްބަސްވުން އުވައިލީ ގޯސްކޮށް ކަމަށާއި އެހެންވެ އެތަން އަނބުރާ ދިނުމަށެވެ. އަދި އެހުކުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށް އެ އެއާޕޯޓް ވިލާއަށް ދިނުމަށް އަމުރު ކޮށްފައެވެ.
އެ ހުކުމާ ގުޅިގެން، ވިލާ އެއާއަށް އެ އެއާޕޯޓް އަލުން ހަވާލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ކުރަމުން އައިސް އެކަމުގައި އެއްބަސްވުންތަކަކަށް އާދެވި މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު އެވެ.
ގުޅުންހުރި

ދިގު އިންތިޒާރަކަށްފަހު ކާޑެއްދޫ އެއާޕޯޓަށް އެމްބިއުލާންސް ބަގީއެއް!

އައްޑޫގެ ތަރައްގީއާ ބެހޭގޮތުން މެމްބަރު މުޣުނީ ދެއްކި ވާހަކަތަކަށް ހިތަދޫ ޕީޕީއެމްގެ ރައްދެއް

އައްޑޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އޮތަސް ފަތުރުވެރިން ގިނައިން އަންނަނީ ހުވަދޫއަށް - މުޣުނީ
