logoEN
cocacola
ބީއެމްއެލް އިން މަޑުއްވަރީގައި އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފި

ބީއެމްއެލް އިން މަޑުއްވަރީގައި އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފި

އައިޝަތު އިފާޝާ

logo

2/28/2022, 12:57:53 PM

# ބީއެމްއެލް# އޭޓީއެމް# މަޑުއްވަރި

FMqRvKQacAAf19A

ބީއެމްއެލްއިން ރ. މަޑުއްވަރީގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ތައާރަފު ކޮށްފި އެވެ.

ގޮސިޔާ

މަޑުއްވަރީގައި މި ހިދުމަތް ތައާރަފްކުރުމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް އެ ރަށުން ލިބޭނެ އެވެ. މަޑުއްވަރީއާއި އެކު އެ އޮތޮޅުގެ ފަސް ރަށެއްގައި މިހާރު ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އުނގޫފާރު، މީދޫ، އަލިފުށި، ދުވާފަރު ހިމެނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މަޑުއްވަރީގައި ހުޅުވި އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އޭޓީއެމް ވިއުގަ އަށް އޭޓީއެމް އިތުރުކުރެވިގެން ދިޔުން. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތުގެ ސަބަބުން، މަންފާކުރާނެ." ޓިމް ސޯޔާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔާ އެކު ބީއެމްއެލް އިން 20 އަތޮޅުގައި 35 ބްރާންޗް، 33 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 137 އޭޓީއެމް ހުންނަ އިރު 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ލިބެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ