logoEN
cocacola
ބީއެމްއެލުން ހައުސިންގ އަށް އައު ލޯނާއި ފައިނޭންސިންގ ތައާރަފްކޮށްފި

ބީއެމްއެލުން ހައުސިންގ އަށް އައު ލޯނާއި ފައިނޭންސިންގ ތައާރަފްކޮށްފި

އަހުމަދު ޝުރާއު

logo

5/6/2024, 1:23:24 PM

# ބީއެމްއެލް

ހައުސިންގ މަޝްރޫއެއް

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހައުސިންގ އަށް އަމާޒުކޮށް އައު ލޯނު ޕްރޮޑަކްޓްތަކެއް ތައާރަފްކޮށްފިއެވެ.

ގޮސިޔާ

ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން ތައާރަފް ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނެއެވެ.

އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭގޮތަށެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބޭންކުން ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފްކޮށްފައެވެ. އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރެވޭނެއެވެ. މިގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ "މިއީ މުޅި ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެގޮތް މަގުފަހިކޮށްދިނުމަށް ތައަރަފްކުރި ޕްރޮޑަކްޓްތަކެއް. އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމަތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް %10 ރޭޓުގައި ލޯނު ލިބޭނެ."

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް އިކުއިޓީ ފައިނޭންސިންގ ލިބޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ