
ޒުވާނުން ތަމްރީން ކޯސްތައް ހިންގުމަށް ތިން ފަރާތަކާ ހަވާލުކޮށްފި
# ޒުވާނުން ބިނާކުރުން# ހަޔަރ އެޑިއުކޭޝަންWhatsApp-Image-2022-02-24-at-1.19.20-PM
ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގަމުންދާ "ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯކްފޯސް" ޕްރޮގްރާމްގެ ދަށުން 350 ދަރިވަރުން ތަމްރީންކުރުމަށް އަމިއްލަ 3 ފަރާތަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހިންގަމުންދާ "ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމް"ގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން 11 ކޯހަކުން 350 ދަރިވަރުން ތަމްރީނުކުރުމަށް ހަވާލުކޮށްފައިވަނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި މޯލްޑިވްސް މެރިޓައިމް އެކަޑެމީއާއެވެ.
ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސްގެ ކޯސްތައް ހިންގަން ތިން ފަރާތަކާއި ހަވާލުކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާ ކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށެވެ. އަދި އެކި ފަރާތްތަކުން މިނިސްޓްރީއާއި އެކުގައި މީހުން ބިނާކުރުމަށް ދެއްވާ އެއްބާރުލުމާއި ބަހައްޓާ ގާތްކަމަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލް 3 ގެ ކޯސްތައް ހިމެނެއެވެ. މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
ގުޅުންހުރި

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދިނުމަށް ހިންގި ވޯކްޝޮޕް ނިންމާލައިފި

ޒުވާނުން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ސޮއިކޮށްފި

ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްއާ ގުޅޭ ސްޓަޑީއެއް ހެދުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށްފި





