logoEN
WAMCO TOP 1
އަސާސީ ބޭސްތަކުގެ ލިސްޓުގައި 202 ބޭހެއް، ލިސްޓު މިއޮތީ!

އަސާސީ ބޭސްތަކުގެ ލިސްޓުގައި 202 ބޭހެއް، ލިސްޓު މިއޮތީ!

# އަސާސީ ބޭސްތައް# ފާމަސީތައް

photo_2021-11-01_18-14-09

ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސްތަކުގެ ލިސްޓު ހެލްތް މިނިސްޓްރީން އާންމުކޮށްފި އެވެ.

THE TRAVELLER AD

މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ލިސްޓުގައި ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ ރަޖިސްޓްރީކޮށް ހިންގާ ހުރިހާ ރީޓެއިލް ފާމަސީތަކުގައި ބެހެއްޓުން ލާޒިމުވާ ބޭސްތަކެއް ކަމަށެވެ. އެ އިއުލާނާ އެއްފަތްކޮށްފައިވާ ލިސްޓުގައި 202 ބޭހެއް ހިމަނާފައިވާއިރު، އެ ބޭސްތައް ވަނީ ކެޓަގަރީތަކަކަށް ބަހާލާފައެވެ. އެއީ:

ނޫކުލައިން ފާހަގަކޮށްފައިވާ ބޭސްތަކަކީ ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ފާމަސީއަކުން ބެހެއްޓުން ލާޒިމް ބޭސްތަކެއް

ނޫކުލައާއި ފެހި ކުލައިން ފާހަގަކޮށްފައިވަނީ އަތޮޅު، ރީޖަނަލް އަދި ޓާޝަރީ ލެވެލްގެ ސިއްޙީ ޚިދުމަތް ދޭ ރަށްރަށުގެ ހުރިހާ ފާމަސީއެއްގައި ހުރުން ލާޒިމް ބޭސްތަކެއް

މީގެ އިތުރުން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ޓާޝަރީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިންގާ ފާމަސީތަކުގައި ބެހެއްޓުމަކީ ލާޒިމް ކަމެއް ކަމުގައި މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އަދި ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ފާމަސީތަކުގައި ލިސްޓުގައި ބުނެފައިވާ ގޮތުގެ މަތިން އަސާސީ ބޭސްތައް މެދު ކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އަންގާފައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުގެ މަތިން އަސާސީ ބޭސް ފާމަސީތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން އެއްމަހު ފާމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ބާކީ ހުރިވަރު އެނގޭ ގޮތަށް ހެލްތް މިނިސްޓްރީ އަށް ލިޔުމެއް ހުށަހަޅަން ޖެހެ އެވެ. ލިސްޓުގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސް ސިޓީއާ އެކުގައި ދޫކުރާ ބޭހާއި، ބޭސް ސިޓީއަކާ ނުލައި ދޫކުރާ ބޭސްތައް ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ހެލްތް މިނިސްޓްރީން ނެރުނު ގަވައިދުގެ ދަށުން އަސާސީ ބޭސްތައް ކޮންޓްރޯލް އަގުގައި ވިއްކަން ޖެހެނީ އަންނަ މާޗް މަހުން ފެށިގެންނެވެ.

އަސާސީ ބޭސްތަކުގެ ލިސްޓު އާންމުކޮށްފައިވާއިރު ބޭހުގެ އަގުތައް ސަރުކާރުން އަދި އާންމު ނުކުރެ އެވެ. އާ ގަވައިދުގެ ދަށުން ބޭސްތައް ވިއްކާ އަގުތައް ފާމަސީތަކުގައި ފެންނަ ގޮތަށް ބަހައްޓަން ވެސް ޖެހެ އެވެ. އަސާސީ ބޭސްތައް ފިޔަވައި ދެން ހުރި ބާވަތުގެ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރާނީ މި އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.

ކޮމެންޓް
ފަހުގެ
HDC