logoEN
cocacola
އުރީދޫއިން ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތް ހަދައިފި

އުރީދޫއިން ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތް ހަދައިފި

# އުރީދޫ

big_iONu9iZ5PcTAzUByVyzofjiK4

އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މެސެޖިންގ ޕްލެޓްފޯމް، ވައިބަރ މެދުވެރިކޮށް ފަސޭހަކަމާއެކު އެކަކު އަނެކަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފިއެވެ.

ގޮސިޔާ

އުރީދޫ އިން މި ހިދުމަތް ތައާރަފްކޮށްފައިވަނީ، ވަކި ވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކޯނަރ ޝޮޕްތައް ފަދަ ކުދި ވިޔަފާރި ވެރި ފަރާތްތަކަށް އިތުބާރައި ފަސޭހަ ކަމާއެކު ފައިސާ ޓްރާންސްފަރ ކުރެވޭނެ ހައްލެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން ބުނީ ވައިބާ މެދުވެރިކޮށް އެމް-ފައިސާ އިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކް އެއް ލިބޭނެ ކަމަށެވެ. މި އޮފަރ ލިބިގެންދާނީ ސިލްވަރ ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކޮށްފައިވާ ކަަސްޓަމަރުންނަށެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ޚާލިދު އަލް-ހަމާދީ ވިދާޅުވީ ވައިބަރ އާއި ޕަރޓްނަރވެ ރަައްކާާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭ މި އީޖާދީ ޙިދުމަަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަަލެއް ކަމަށެވެ.

"ވައިބަރ އަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމަކަށް ވުމުން، މި ޙިދުމަަަތަަކީ ކަަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރިކުރުވުމަށް އެޅޭ ވަަރަަށް ބޮޑު ބާރެއްވެސް މެ. އަޅުގަނޑުމެންގެ މުޖުތަމައުތައް އިތުރު ހަރުފަތަކަށް ގުޅުވާލަދިނުމަށް މިފަަދަ އައު އީޖާދީ ހައްލުތައް ގެނެސްދިނުމުގައި އަބދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން" އޭނާ ވިދާޅުވި އެވެ.

ވައިބަރގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް:

1. ވައިބަރ ޗެޓް ހުޅުވާލާށެވެ.

2. ޖިފް+ ހުޅުވާލުމަށް ފަަހު އެމް-ފައިސާ ހިޔާރުކުރައްވާށެވެ.

3. "SEND MONEY" ހިޔާރުކުރަައްވާށެވެ.

4. އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާާށެވެ.

5. ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖަައްސަަވުމަށްފަަހު ޔަަގީންކުރައްވާށެވެ

6. "SHARE RECEIPT" ހިޔާރު ކުރެއްވުމުން ވައިބަރ މެދުވެރިކޮށްްް ކޮންްްފަަަރމެޝަން މެސެޖް ލިބިވަަޑަައިގަަންނަަވާާނެއެވެ.

އުރީދޫ އެޕްމެދުވެރިކޮށް އެމް-ފައިސާ އަށް ރެޖިސްޓަރ ވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބަރ މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން، މަރޗަންޓުންނަށް ފައިސާ ދައްކާލެވޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ