
މަޑަވެލި-ހޯނޑެއްދޫ ސެންޓްރަލް ޕަވަރ ހައުސް މަސައްކަތަށް ލޭބަރުން ހޯދަނީ
# މަޑަވެލި# ފެނަކަ ކޯޕަރޭޝަން# ހޯނޑެއްދޫ# ސެންޓްރަލް ޕަވަރ ހައުސް# ވަޒީފާbig_sQyU1FQzBJc4tzfvc8EkRgRee
ގދ. މަޑަވެލި ހޯނޑެއްދޫ ސެންޓްރަލް ޕަވަރ ހައުސް އިމާރާތްކުރުމަށް ލޭބަރުން ހޯދުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ވަނީ، މަޑަވެލި-ހޯނޑެއްދޫ ސެންޓްރަލް ޕަވަރ ހައުސް މަސައްކަތަށް 40 ލޭބަރުން ހޯދުމަށް އިއުލާނުކޮށްފައެވެ. ލޭބަރުން ހޯދަނީ ކޮންޓްރެކްޓް އުސޫލުން 4 މަސްދުވަހުގެ މުއްދަތަކަށެވެ. ފެނަކައިން ކުރި އިއުލާނެއްގައި، 20 ސްކިލްޑް ލޭބަރުންނާއި 20 ނޮން ސްކިލްޑް ލޭބަރުން ހޯދަން ވަނީ އިއުލާނުކޮށްފައެވެ.
ފެނަކައިން ބުނީ، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް އެ ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގދ.މަޑަވެލި އަދި ގދ.ހޯޑެއްދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 – 15:00 އަށް ލިބެންހުންނާނެ ކަމަށެވެ. އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެ ކަމަށް ފެނަކައި ބުނެއެވެ.
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ފެބްރުއަރީ 22 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ފެނަކަ ހެޑް އޮފީހަށް ނުވަތަ އީމެއިލްއަށް ނުވަތަ ގދ.މަޑަވެލި އަދި ގދ.ހޯޑެއްދޫ ބްރާންޗަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުމަށް ފެނަކައިން ވަނީ އެދިލައްވާފައެވެ.
އިއުލާން: https://www.gazette.gov.mv/iulaan/182395
ގުޅުންހުރި

ޕެޓީކޭޝްއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ފެނަކައިގެ ކުރީގެ 3 މުވައްޒަފަކަށް ދައުވާކުރަނީ

މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމަށް އެރަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

ކުޅިވަރުގެ 28 މަޝްރޫޢުއެއް ކުރިއަށްގެންދަން ފެނަކައާއެކު ސޮއިކޮށްފި
