
FLp60C7acAEjs2S
އިނގެރޭސިވިލާތުގެ ހައިކޮމިޝަނުގެ އޮފީހެއް މިއަދު ރާއްޖޭގައި ހުޅުވައިފި އެވެ.

މިއީ ވިލާތުގެ ގައުމެއްގެ ހައިކޮމިޝަން އޮފީހެއް ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ.
މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޚަލީލާއި އިނގިރޭސިވިލާތުން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޓޭޓް މިނިސްޓަރު ލޯޑު ޠާރިޤް އަޙްމަދެވެ.
މި މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ހާއްސަ ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ޝާހިދު ވަނީ ރާނީ އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރޭ އަލިމަސްޔޫބީލްގެ ތަހުނިޔާ ފޮނުއްވައިފައިއެވެ. އަދި މިއަހަރަކީ، ރާއްޖެއަށް ރާނީ ކުރެއްވި ދަތުރުފުޅަށް 50 އަހަރުފުރޭ އަހަރުކަން ވެސް ފާހަގަކުރެއްވިއެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރަކީ ކެރޮން ރޮސްލާ އެވެ. އޭނާ މަގާމުގެ ލިޔުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވީ އޮކްޓޯބަރު 2019ގައެވެ.
ގުޅުންހުރި

ޔޫކޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

އިނގިރޭސިވިލާތުގެ ހައިކޮޝަނާއި ޕޮލިޓެކްނިކުން އެކްސްޗޭންޖް ޕްރޮގްރާމްތަށް ހިންގުމަށް މަޝްވަރާކޮށްފި

އިނގިރޭސިވިލާތާއެކު ގުޅުންތައް އިތުރަަށް ވަރުގަދަކުރުމަށް މަޝްވަރާކޮށްފި
