logoEN
cocacola
މާލެ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ

މާލެ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އެދިއްޖެ

# ގޯތި# ހުޅުމާލެ# ބޯހިޔާވަހިކަން# ހައުސިން މިނިސްޓްރީ

ހުޅުމާލެ

މާލެ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އެދިއްޖެ އެވެ.

ގޮސިޔާ

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ އިއުލާންކުރައްވާފައެވެ. ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އެދިފައި ވަނީ ވެށިފަހި ޕްރޮގްރާމްގައި ދޫކުރި ބޮޑު މިނަށް ކަމަށެވެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން 2008 ގައި ދޫކުރީ 1،250 އަކަފޫޓުގެ ބިންތަކެވެ.

1،000 ގޯތި އަޅުގަނޑުމެން ސަރުކާރާ ހަވާލުކުރާނަން. އެ ތަންތަން ދޭނެ ގޮތް ކަނޑައަޅާނީ މިނިސްޓްރީން --- އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙްމަދު

މާލޭ މީހުންނަށް ހާއްސަކޮށް ހުޅުމާލެއިން 1،000 ގޯތި ދޭން ސަރުކާރުން ނިންމާފައިވާއިރު ގުޅީފަޅުން މަދުވެގެން 2،000 ގޯއްޗާއި ގިރާވަޅު ފަޅު ހިއްކައިގެން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. އެކަމަކު އެ ގޯތިތަކުގެ ބޮޑު މިން އަދި އާންމެއް ނުކުރެ އެވެ.

ގޯތީގެ އިތުރުން މާލޭ މީހުންނަށް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަމުން އެބަދެ އެވެ. އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވެ އެވެ. މާލެ ހިމެނޭ ގޮތަށް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް ރޯނުދަމާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ