logoEN
cocacola
ހުޅުމާލެ ސްމާޓް ޕާކިންގ ޒޯނުން ޖާގަ ދޫކުރަން ފަށައިފި

ހުޅުމާލެ ސްމާޓް ޕާކިންގ ޒޯނުން ޖާގަ ދޫކުރަން ފަށައިފި

އަލްފާ އަލީ

logo

3/30/2024, 3:34:05 PM

# އެޗްޑީސީ# ޕާކިންގ# ހުޅުމާލެ

ހުޅުމާލެ ފިތިރޯނު ސްމާޓް ޕާކިންގ ޒޯން --

ހުޅުމާލޭގައި އެއްގަމު އުޅަނދު ޕާކު ކުރުމަށް ހަދާފައިވާ ފިތުރޯނު ސްމާޓު ޕާކިން ސިސްޓަމްއިން ބީލަމަށް ޕާކިން ޖާގަ ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.

ގޮސިޔާ

އެޗްޑީސީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ފިތުރޯނު ޕާކިން ޒޯން އިން ތިން އަހަރުގެ މުއްދަތައް ޕާކިން ޖާގަ ކުއްޔަދިނުމަށް އެކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.

މި ސަރަހައްދުން ދޫކުރުމަށް ނިންމާފައިވަނީ ޖުމްލ 41 ޖާގަ ކަމަށް އެޗްޑީސީން ބުނެއެވެ. ޕާކިން ސިސްޓަމުން ޖާގަ ހޯދުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުން އޮންނާނީ 24 އޭޕްރިލް ވާ ބުދަ ދުވަހުގެ 13:00 އާއި 14:00 ދެމެދު، އެޗްޑީސީގެ މައި އޮފީހުގެ އެގްޒިބިޝަން ސެންޓަރުގައި ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

ބީލަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 24 އޭޕްރިލް ވާ ބުދަ ދުވަހުގެ 14:30 ކަމަށް އެޗްޑީސީން ބުނެއެވެ.

މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތުތައް އެކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އަދި އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަންގެ ނަމްބަރު 1516 އަށް ގުޅުއްވުމަށްވެސް އެކުންފުނިން ވަނީ އެދިލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ