
ބިދޭސީއަކު މަރުވެފައި އޮތްވާ ފެނުނު ވޭނު
ހުޅުމާލޭގައި އޮތް ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ ހުޅުމާލެ ފޭސް 1 ސަހަރާ ކުރިމަތީ ޕާކު ކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ހަބަރު ހުސްވެފައިއޮތްވާ ފެނިގެން އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފެނުނު މީހާއަކީ ބިދޭސީ ފިރިހެނެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އޮފިޝަލް ހާމައެއް ނުކުރެއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަބަރު ހުސްވެފައިވާ މީހާ ފެނިފައިވަނީ އަމިއްލަ ކުންފުންޏެއްގެ ވިނީ ވޭނަކުންނެވެ.
ގުޅުންހުރި

ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެ
.webp&w=3840&q=75)
މޫސުން ގޯސްވެ ހުޅުމާލޭގައި ހަވާއެރުވުން ކެންސަލް!

ހުޅުމާލެއިން ކަރަންޓު ކެނޑުނީ ފްލެޓުއަޅަން ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން!
