logoEN
cocacola
ޔޫކްރޭން އަދި އިންޑިއާގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި

ޔޫކްރޭން އަދި އިންޑިއާގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި

# އިންޑިއާ# ރައްޔިތުންގެ މަޖިލިސް# ދަރިވަރުން# ރަޝިއާ - ޔޫކްރޭން# މޮސްޓާ

Mosta

ޔޫކްރޭން އަދި އިންޑިއާގައި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ގޮސިޔާ

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)އެވެ.

އެ ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 17 މެމްބަރުން، ބަލައިގަތުމަށް ފެންނަކަމަށް 7 މެމްބަރުން އަދި ވަކިގޮތަށް ވޯޓު ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވީ، ރަޝިޔާއާއި ޔޫކްރޭންގެ މަޝްރަހު ގޯސްވެފައިވާއިރު ރަޝީޔާއިން ޔޫކްރޭނަށް ހަމަލާއެއް ދީފާނެކަމަށް ޔޫކްރޭންގެ ރައީސްވެސް ބުނެފައިވާކަމަށާއި، އަދި އެމެރިކާގެ ޖާސޫސީ އިދާރާތަކުންވެސް އެގޮތަށް ހާމަކޮށްފައިވާކަމަށް މޮސްޓާ ވިދާޅުވި އެވެ.

އެ ސަރަހައްދުގެ ހާލަތު ގޯސްވެފައިވާއިރު ޔޫކްރޭނަކީ ދިވެހި ކިޔަވާ ކުދިން ތިބި ތަނެއްކަން ފާހަގަކޮށް މޮސްޓާ ވިދާޅުވީ، ހަނގުރާމައެއް ފެށިއްޖެނަމަ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންކަމުން ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެގައުމުން ބޭރުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން، އިންޑިއާގައި ބުރުގާ އެޅި ކުދިން ސުކޫލަށް ވަނަނުދީ ބުރުގާ ނެގުމަށް މަޖުބޫރުކުރަމުން އަންނަ ކަމަށް އެމައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަމުން އަންނަ އިންޑިއާގައ ިބުރުގާއާ ދެކޮޅަށް ހިނގަމުން އަންނަ ކަންކަމުގައި ދިވެހި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓަރާއި ސަރުކާރަށް ގޮވާލާކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.

ޔޫކްރޭން މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، އެ ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޔޫލްރޭންގައިތިބި ދިވެހި ދަރިވަރުން ވަނީ އެ ދަރިވަރުންގެ ކަންބޮޑުވުންތައް ހާމަކޮށް އިއްޔެ ބަޔޭނެއްވެސް ނެރެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ