logoEN
cocacola
މޯލްޑިވް ގޭސް ތިނަދޫ ފިލިންގ ޕްލާންޓުގައި ވަޒީފާތަކެއް!

މޯލްޑިވް ގޭސް ތިނަދޫ ފިލިންގ ޕްލާންޓުގައި ވަޒީފާތަކެއް!

# ގދ.ތިނަދޫ# މޯލްޑިވް ގޭސް# ތިނަދޫ ގޭސް ޕްލާންޓް

DJI_0325

ގދ. ތިނަދޫގައި މޯލްޑިވް ގޭހުން ތަރައްގީ ކުރަމުން އަންނަ ގޭސް ފިލިންގ ޕްލާންޓުގައި އަނެއްކާވެސް ވަޒީފާގެ ފުރުސަތުތަކެއް އުފައްދައި، އިއުލާންކޮށްފިއެވެ.

ގޮސިޔާ

މިއަދު މޯލްޑިވް ގޭހުން އިއުލާންކޮށްފައިވަނީ ދެ މަގާމަކަށެވެ. އެއީ މެއިންޓެނެންސް އެސިސްޓަންޓް ގރ. 3 ގެ މަގާމާއި މެއިންޓެނަންސް އޮފިސަރ ގރ 1 ގެ މަގާމެވެ. މީގެ ތެރެއިން މެއިންޓެނަންސް އެސިސްޓެންޓް ގރ. 3 ގެ މަގާމަށް ހުށަހަޅާފައިވާ މުސާރައަކީ 8000 ރުފިޔާއާއި 9000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. މެއިންޓެނަންސް އޮފިސަރ ގރ 1 މަގާމުގެ މުސާރައަކަށް ހުށަހަޅާފައިވަނީ 9000 ރުފިޔާއާއި 10،000 ރުފިޔާގެ މުސާރައެކެވެ.

މަޤާމް: މެއިންޓެނަންސް އެސިސްޓެންޓް ގރ.3 ޝަރުތު

ގުޅޭ ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާއަށް ފަރުވާތެރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން

މެއިންޓެނަންސް އެސިސްޓެންޓް ގރ.3ގެ މަސްއޫލިއްޔަތު

ކުންފުނީގައި ބޭނުންކުރާ މެޝިނަރީޒް އާއި، އިކުއިޕްމެންޓްސްގެ މަރާމާތުތައް ބަލައި މަރާމާތު ކުރުވުން

މެއިންޓެނަންސް މަސައްކަތަކާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

ވެހިކަލް ތަކުގެ ވެލްޑިންގ އަދި ޓިންކަރިންގ މަސައްކަތް ކުރުމުގައި އެހީތެރިވުން

އިމާރާތް ތަކުގެ ކަރަންޓު މަސައްކަތް ކުރުން

މަޤާމު: މެއިންޓެނަންސް އޮފިސަރ ގރ.1 ޝަރުތު

ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 03 މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި

ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާއަށް ފަރުވާތެރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން

މަޤާމު: މެއިންޓެނަންސް އޮފިސަރ ގރ.1 މަސްއޫލިއްޔަތު

ކުންފުނީގައި ބޭނުންކުރާ މެޝިނަރީޒް އާއި، އިކުއިޕްމެންޓްސްގެ މަރާމާތުތައް ބަލައި މަރާމާތު ކުރުވުން

މެއިންޓެނަންސް މަސައްކަތަކާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

ވެހިކަލް ތަކުގެ ވެލްޑިންގ އަދި ޓިންކަރިންގ މަސައްކަތް ކުރުމުގައި އެހީތެރިވުން

އިމާރާތް ތަކުގެ ކަރަންޓު މަސައްކަތް ކުރުން

މި ދެ ވަޒީފާއަށް އެދޭ ފޯމު މި ލިންކް އިން ލިބޭނެ އެވެ. މި މަގާމުތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 23 ވަނަ ދުވަހެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ