logoEN
Sto top
ސިޒޭރިއަން ހެދުމުގެ ތެރޭގައި އަންހެނެއްގެ ގޮހޮރު ބުރިވި މައްސަލަ ބަލަނީ

ސިޒޭރިއަން ހެދުމުގެ ތެރޭގައި އަންހެނެއްގެ ގޮހޮރު ބުރިވި މައްސަލަ ބަލަނީ

# އައްޑޫ އެކިއިޓޯރިއަލް ހޮސްޕިޓަލް

DSC_9961-2

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއުމަށް ސިޒޭރިއަން ހެދި އަންހެނެއްގެ ގޮހޮރު ބުރިވެ ހާލު ސީރިއަސްވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

Wamco

މިނިސްޓްރީން އެ މައްސަލަ ބަލަން ނިންމާފައިވީ ނަމަވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލެކެވެ. ހެލްތް މިނިސްޓްރީން ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލެއް ކަމުގައިވީ ނަމަވެސް މިނިސްޓްރީން އެ މައްސަލަ ބަލަނީ އެ މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ނިޒާމު ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތް ކަމަށްވާތީ ކަމަށެވެ.

"އެ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެނަކަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގައިދިޔަ ގޮތް މި ގެންދަނީ މި މިނިސްޓްރީން ބަލަމުންނެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަމެވެ،" ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ

އެ އަންހެން މީހާގެ ގޮހޮރު ބުރިވެފައިވާކަން އެނގުނީ، ސިޒޭރިއަން ހެއްދުމަށްފަހު ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ޑޮކްޓަރުން އާއިލާއަށް އެންގި ފަހުންނެވެ. އަންހެން މީހާ އަށް ފާހަނާ އަށް ނުދެވޭތީ ބެލި އިރު ވަނީ ގޮހޮރު ބުރިވެފައެވެ. ހާލަތު އިތުރަށް ގޯސްވަމުން ގޮސް އައިސީޔޫއަށް ވެސް ބަދަލު ކުރިއެވެ. މިހާރު އޭނާއަށް ފަރުވާ ދެމުން ދަނީ އޭޑިކޭ ހޮސްޕިޓަލުގައެވެ.

އޭޑީކޭ ހޮސްޕިޓަލަށް ދެއްކި ދެއްކުމުން އެ އަންހެން މީހާގެ ގޮހޮރު ފަޅައިގެން ގޮސް ލީކުވެ ފުރަމޭގައި ވެސް ފެން ހެދިފައިވާކަން ވަނީ އެނގިފައެވެ. އަދި ހަ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ގޮހޮރުން ބޮޑު ބައެއް ބުރިކޮށް ހޮޅި ގުޅާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside