logoEN
Sto top
އޭއީއެޗް ގެ ކެތުލެބްގެ ޚިދުމަތް މޭނޭޖްކޮށްދޭނެ ފަރާތެއް ހޯދަނީ

އޭއީއެޗް ގެ ކެތުލެބްގެ ޚިދުމަތް މޭނޭޖްކޮށްދޭނެ ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

6/12/2025, 11:26:39 AM

# އައްޑޫ އެކިއިޓޯރިއަލް ހޮސްޕިޓަލް

--

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރެވިފައިފާ ކެތްލެބްގެ ޙިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

Wamco

ފިނޭންސް މިނިސްޓްރީން ވަނީ ފަސް އަހަރުގެގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފައެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެދިލެއްވުމުގެ މަތިން، އެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިފާ ކެތުލެބްގެ ޚިދުމަތް 5 އަހަރުގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މި މަސައްކަތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން 15 ޖޫން 2025 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside