logoEN
cocacola
ވެކްސިންގެ ބޫސްޓަރ ޑޯޒު ޖެހި އަދަދު 24،000 މައްޗައް

ވެކްސިންގެ ބޫސްޓަރ ޑޯޒު ޖެހި އަދަދު 24،000 މައްޗައް

އަޙްމަދު ޖަމީލު

logo

12/25/2021, 11:06:57 AM

# ވެކްސިން# އެޗްޕީއޭ

ITALY-HEALTH-VIRUS-VACCINE

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު ރާއްޖެއިން 24،201 އަށް އަރައިފި ކަމުގައި ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން މިއަދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެޗްޕީއޭ އިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ތޭވީސްވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިމީހުންގެ އަދަދު ވަނީ 396،570 އަށް އަރާފައެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 366،892 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ. ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒުގެ ގޮތުގައި ޖަހަންނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެނެވެ. އެއީ އުމުރުން60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ބޫސްޓާޑޯޒް ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ