logoEN
cocacola
ފާއިޒާ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ރާއްޖެ ގެނެސްފި

ފާއިޒާ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ރާއްޖެ ގެނެސްފި

# ވެކްސިން

FG4uhMHVQAAXbV7

ބޫސްޓަ ޑޯޒް ޖެހުމަށް ފާއިޒާ ވެކްސިންގެ 100620 ޑޯޒް ވެކްސިން ރާއްޖެ ގެނެސްފި އެވެ.

ގޮސިޔާ

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަ ޑޯޒް ޖެހުން މިހާރު ވަކި ބަޔަކަށް ހާއްސަކޮށްގެން ޖަހަމުން ގެންދިޔަ ނަމަވެސް، އަލަށް މި ލިބުނު ވެކްސިންއާއެކު އާންމުކޮށް ހުރިހާ އެންމެންނަށްވެސް ބޫސްޓަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖަހަންފަށާނެކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.

މިއަދު ރާއްޖެ ގެނައި ވެކްސިންތަކަކީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންތަކެކެވެ. މީގެ ކުރިންވެސް އެމެރިކާއިން ވަނީ 120،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ ކުރީކޮޅުއެވެ. އޭރު ހުޅުވާލީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ. ނަމަވެސް އޭގެފަހުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށްވެސް ބޫސްޓަރ ޑޯޒް ޖަހަން ވަނީ ފަށާފައެވެ.

މިމަހުގެ 15 އިން ފެށިގެން އާންމުންނަށް ބޫސްޓަރ ޑޯޒް ދެމުން އަންނައިރު މިހާތަނަށް ބޫސްޓަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 22000 މައްޗަށް އަރާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ