logoEN
cocacola
'މަރުހަބާ ރައީސް ޔާމީން' ބޮޑު ޖަލްސާ މާދަމާ ރޭ

'މަރުހަބާ ރައީސް ޔާމީން' ބޮޑު ޖަލްސާ މާދަމާ ރޭ

އަޙްމަދު ޖަމީލު

logo

12/2/2021, 2:35:09 PM

# ޕީއެންސީ# ޕީޕީއެމް

large_152607035736PcJ7

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް އިދިކޮޅު ޕީޕީއެމް އިން ނިންމައިފި އެވެ.

ގޮސިޔާ

ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަށްފަހު 'މަރުހަބާ ރައީސް ޔާމީން' ނަމުގައި އިދިކޮޅުން ބާއްވާ ބޮޑު ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ 2021 ޑިސެމްބަރ 3 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ކާނިވާ ސަރަހައްދުގައެވެ. މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށްވަނީ ނިންމާފައެވެ.

މަނީލޯންޑަރިންގެ ކުށްސާބިތުވާކަމަށް ނިންމައި 5 އަހަރުގެ ޖަލު ހުކުމެއްކޮށްފައިވަނިކޮށް، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމައި ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމް މިދިޔަ އަންގާރަދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ.

ރައީސް ޔާމީން ވަނީ ރޭ ޕީޕީއެމް އާއްމު މެމްބަރުންނާ ބައްދަލުކުރުމަށް އެޕާޓީގެ ޖަގަހައިގައި ވާހަކަފުޅުދައްކަވާފައެވެ. އެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ރާއްޖޭގެ އަދުލުގެ ނިޒާމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ