
big_vtSSx0fLzrDGP0S4gFcU1PBov
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގަމުން އަންނަ ކުންފުނި ކަމަށްވާ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭން އެއް ރާއްޖެ ގެނެސްފިއެވެ.

މިއީ ޓީއެމްއޭއިން ރާއްޖެއަށް ގެނައި 60 ވަނަ ބޯޓެވެ. ޓީއެމްއޭއިން އާ ބޯޓެއް ގެނެސްފައިވަނީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ޕީކް ސީސަނަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ޓީއެމްއޭއިން ބުނީ އެކުންފުނިން އަލަށް ގެނައި ޑި ހެވިލަންޑް ޑީއެޗްސީ- 6 މަރުކާގެ ޓުވިން އޮޓާ އެއާކްރާފްޓު ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) އަށް އައިސްފައިވަނީ އިއްޔެ ހަވީރު އެވެ. އަދި ބޯޓުގައި ކަނދު ހަރުކުރުމަށް ފަހު ތަރުރުތަކަށް ބޭނުންކުރަން ފަށާނެކަމަށްވެސް ޓީއެމްއޭއިން ވަނީ ބުނެފައެވެ.
ޓީއެމްއޭއިން އަންނަނީ ރާއްޖޭގެ 80 ރިސޯޓަކަށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 300 އެއްހާ ދަތުރުކުރަމުންނެވެ.




