
ޓީއެމްއޭ ބޯޓު އެކްސިޑެންޓުވި ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ތަހުގީގު ކުރަނީ
# ސިވިލް އޭވިއޭޝަން# ޓީއެމްއޭއެކްސިޑެންޓުވި ޓީއެމްއޭ ބޯޓު
ޓީއެމްއޭގެ ސްޕްލޭނެއް މިއަދު އެކްސިޑެންޓުވި ހާދިސާ ތަހުގީގު ކުރަމުން އަންނަކަން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހާމަކޮށްފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓޯއިން ދާދި ދެންމެ އަކު ވަނީ މިހާދިސާގެ މައުލޫމާތު ހާމަކޮށް ބުލެޓިން އެއް ނެރެފައި އެވެ.
ބުލެޓިންގ ގައި ބުނެފައިވަނީ މިއަދު ބ އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެއަތޮޅު ވެސްޓްއިން މޯލްޑިވްސް މިރިޔަންދޫއަށް ދަތުރުކުރި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ މަތިންދާބޯޓު މިރިޔަންދޫ އަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ކަނާތު ކަނދަށް ގެއްލުންވެ ވައިގެ ދަތުރުފަތުރުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އެގޮތުން ހާދިސާ ހިނގި ވަގުތު ބޯޓުގައި 11 ފަސެންޖަރުންނާއި 3 ކްރޫއިން ތިބި ކަމަށާއި ހާދިސާ ހިނގީ ރާއްޖެ ގަޑިން ހަވީރު 3:30 ހާއިރު ކަމަށް ވަނީ ބުނެފައި އެވެ.
މި ހާދިސާގައި މަތިންދާބޯޓަށް ގެއްލުން ލިިފައިވީ ނަމަވެސް ބޯޓުން ދަތުރުކުރި ފަސިންޖަރުންނާއި ކްރޫއިންނަށް އެއްވެސް ހާނީއްކައެއް ވެފައި ނުވާ ކަމަށާއި ބޯޓުން އުފުލި ހުރިހާ ދާގީނާަކަށްވެސް ގެއްލުން ވެފައިވާ ނުކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވަނީ ބުނެފައި އެވެ.
އެ އޮތީރިޓީއިން ވަނީ މި ހާދިސާގެ ތަހުގީގު މިހާރު ފަށާފައިވާކަންވެސް ހާމަކޮށްފައެވެ.





