
viber_image_2020-12-10_10-37-30
މިއަދު ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހާ ދިމާކޮށް، ކަންނެލި ދޯނި ފަހަރުން މާލޭ ވަށާއި ދޯނި ބުރެއް ޖަހަން ފަށައިފިއެވެ.

މި ދޯނި ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދިމާލަށް މަޑުކުރުމަށްފަހު ޝުޢޫރު ފާޅުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދޯނިބުރުގެ އަމާޒަކީ ދިވެހިންގެ މި ސިނާއަތް މަދުބައެއްގެ އަތްދަށުވެ ސިނާއަތް ނެތި ދިއުމުގެ ކުރިން މަސްވެރިންގެ ކަންބޮޑުވުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.
މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރާ ދުވަހަށްވާއިރު މިއަދު މަސްވެރިން ތިބީ ވަރަށް ހާލުގައި ކަަމަށް މަސްވެރިންގެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެގޮތުން ބާނާ މަސްކޮޅު ނުކިރުމާއި، ކިރަން އެތައް ދުވަހެއް ނެގުމާއި، ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމާއި، ތަކެތީގެ އަގު ބޮޑުވުން ފަދަ ކަންކަން އެ ޔޫނިއަން އިން ވަނީ ފާހަގަކޮށްފައެވެ.
ގުޅުންހުރި

މިއިން ޒަމާނަކު މަސްވެރި ސިނާއަތަށް އިންވެސްޓު ނުކުރާ ވަރަށް މި ސަރުކާރުން އިންވެސްޓުކޮށްފި - ޝިޔާމް

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ރައީސް ހުޅުވައިދެއްވައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ކުރިއަށްގެންދިޔަ "މަސްވެރިންގެ ފޯރަމް" ކާމިޔާބު ކަމާއެކު ނިންމާލައިފި





