
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ސިވިލް ސާވިސް މުވައްޒިފުންނަށް މި ސަރުކާރުންދިން އެންމެ ބޮޑު ހަދިޔާ - މުޣުނީ
# އަބްދުލް މުޣުނީ8UwgW37Mktb6XFupiWhctOhFsniagyITNGYwaI71
ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ މިއަދު ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ސިވިލް ސާވިސް މުވައްޒިފުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދިން އެންމެ ބޮޑު އެއް ހަދިޔާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވެއްޖެ އެވެ.

" ގާފު " އަށް މިއަދު ދެއްވި ޚާއްސަ އިންޓިވިއުއެއްގައި މުޣުނީ ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ފުރަތަމަ މަސައްކަތް ފެއްޓެވީ އެމްޑީޕީ ސަރުކާރުން 2012 ވަނަ އަހަރުގައި ކަމަށާއި މިއަދު މިކަން ހަޤީޤަތަކަށްވެސް ހެދިގެން އައީ ހަމަ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އަދި އެގޮތުން މިނިމަމް ވޭޖްގެ އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނީ ސިވިލް ސާރވިސް މުވައްޒިފުންނަށް ކަމަށާއި މިކަމަކީ އެމްޑީޕީއާއި އަދުގެ ސަރުކާރުން ރައްޔިތުންނަށާއި މަސައްކަތްތްތެރިންނަށް ދިން އެންމެ ބޮޑު ހަދިޔާ ކަމަށެވެ.
އަދި މިއާއި އެކު މަސައްކަތްތެރިންނަށް އެމްޑީޕީއިން 2019 ވަނަ އަހަރު މަޖިލީސް އިންތިހާބުގައި ވި އެޖެންޑާ19ގެ އެންމެ ކުޑަ އުޖޫރައިގެ ވައުދު ރަނުންރަނަށް ފުދިގެން ދާނެ ކަމަށާއި މިކަން އެންމެ ބޭނުންވާ ވަރަށް ފުދިގެން ދާނީ މި އުޖޫރަ މަސައްކަތްތެރިންނަށް ލިބެން ފަށާ ދުވަހުން ފެށިގެންކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރައިގެ ސަބަބުން ދެން އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒިފުންނަށްކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި ސަރުކާރުން ދެރަގޮތެއް ވިޔަނުދޭނެކަމަށެވެ.
މުޣުނީ އިތުރަށް ވިދާޅުވީ މި ވައުދު ފުއްދަން ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި މިކަމަށް ލަސްކަމެއް އައިސްފައިވަނީ ރާއްޖެއަށް ދިމާވީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިޤްތިސޯދު ރަނގަޅުވާން ފަށާފައިވާއިރު ސަރުކާރުން ވި ވައުދުތަށް ފުއްދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަން ޔަޤީންކުރައްވާކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
މުޣުނީ އަކީ މިނިމަމް ވޭޖް އެކުލަވައިލުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މެމްބަރެކެވެ. އެގޮތުން މިނިމަމް ވޭޖްގެ ކަންކަން އަވަސްކުރުމަށް މަސައްކަތް ކުރެއްވި އިޤްތިސޯދު ކޮމެޓީގައިވެސް މެމްބަރު މުޣުނީ ވަނީ ހިމެނިވަޑައިގެންފައި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖްތަކެއް ކަނޑައަޅައި، އެކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިއަދު ހެނދުނުއެވެ. އެގޮތުން މިނިމަމް ވޭޖް ގަރާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސޮއިކުރައްވައިފަ އެވެ. ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް ވަނީ ކަނޑައަޅައިފަ އެވެ.
މިނިމަމް ވޭޖް ކަނޑައެޅި ދާއިރާތަކާއި މިނިމަމް ވޭޖް.
ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.
މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.
ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.
ސިވިލް ސާވިސް، މަހަކު 7000ރ.
ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ 100 މުވައްޒަފުންނަށް ވުރެ އިތުރަށް ގެންގުޅޭ، 20 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކަށެވެ.
މިނިމަމް ވޭޖް ކަމަށް ބަލައިފައި ވަނީ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑި، ސާވިސް ޗާޖް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނެ އެވެ.
ގުޅުންހުރި

އައްޑޫގެ ތަރައްގީއާ ބެހޭގޮތުން މެމްބަރު މުޣުނީ ދެއްކި ވާހަކަތަކަށް ހިތަދޫ ޕީޕީއެމްގެ ރައްދެއް

އައްޑޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އޮތަސް ފަތުރުވެރިން ގިނައިން އަންނަނީ ހުވަދޫއަށް - މުޣުނީ

އެއާޕޯޓާއި މުއައްޒަފުންގެ ކުރިއެރުމަށް ވިލާއިން މަސައްކަތްކުރާނެ: މުޣުނީ
