
FC67YXYVkAUCGMo
ގއ. ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

ވިލިނގިލީގެ އިތުރުން ޅ. ކުރެންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ ބައި-އިލެކްޝަން ވެސް މިއަދު ވަނީ ފަށާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ދެ ރަށުގައިވެސް ހެނދުނު 8 ޖެހުމާއެކު ވޯޓުލުން ފެށިގެން ކުރިއަށްދާކަމަށެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން މެންދުރުފަހު 3 ޖެހުމާއި ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2021 ނޮވެންބަރު 01 ވާ ހޯމަ ދުވަހުގައެވެ.
ގއ ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމާފައިވަނީ އެ ކޮމެޓީއަށް އިންތިހާބުވި މެމްބަރަކު އެކޮމެޓީއިން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ގުޅުންހުރި
-e18d204cfe142157cf2e.webp&w=3840&q=75)
ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކޮށްފި

ތިނަދޫއާއި ވިލިނގިލީގައި ޓިވެޓް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް!

ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3ގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައި!





