
314373_3_351a93eb3bd9270499551485b47c3a1d3263084b_large
އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ވިޔަފާރިވެރިޔާ މަހްމޫދުގެ ފޯނު ފުލުހުން ހޯދައިފިއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުމޫދުގެ ހަށިގަނޑު ފެނުނު އިރު މަހްމޫދުގެ ފަރާތުން މަދުވި ގިނަ އެއްޗެހި ފުލުހުން މިހާރު ވަނީ ހޯދާފަ އެވެ. އޭގެ ތެރޭގައި އެންމެ މުހިންމު އެވިޑެންސެއްގެ ގޮތުގައި ބެލެވޭ ފޯނު ވެސް ހިމެނެ އެވެ. ނަމަވެސް މަހްމޫދު އާންމުކޮށް ގެންގުޅޭ ފައިސާ ދަބަސް ފެނުނު ކަމެއް އަދި ކަށަވަރެއް ނޫނެވެ.
އެ ތަކެތި ފެނުނީ ކޮން ތަނަކުން ކަމެއް އަދި ކޮން އިރަކު ކަމެއް ޔަޤީންވެފައި ނުވާއިރު ފުލުހުން މި މައްސަލައާއި ގުޅިގެން މިހާތަނަށް މާގިނަ މައުލޫމާތު ތަކެއް މީޑީއާއާއި ހިއްސާކޮށްފައެއް ނުވެއެވެ.
މަހުމޫދު މަރުގެ ތަހުގީގަށް ފުލުހުން ފޯނު ހޯދަން ކުރި މަސައްކަތުން ފޯނުގެ ސިގްނަލްއަށްބަލައި، ރަށުގައި ހުންނަ ދިރާގު އެންޓަނާއާ 300 މީޓަރު ރޭޑިއަސް ހުންނަ ސަރަހައްދެއްގެ ތެރެއިން ޓްރޭސްކުރެވުނެވެ. އެހެންނަމަވެސް ފޯނު އެއްކޮށް ޓްރޭސްނުކުރެވެނީސް ފޯނު ސީދާ އޮތް ތަން ފުލުހުންނަށް ގެއްލުނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު އަނިޔާވެރިގޮތަކަށް މަރައިލައިފައި އޮއްވައި ފެނިފައިވަނީ އެރަށު ފަޅުގެއެއްގެ ފެންފަޅެއްގެ ތެރެއިންނެވެ. ފަޅަށް ހުންނަ އެ ގެއަކީ މަހުމޫދުގެ އުފަން ގެއެވެ.
މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން މިހާތަނަށްވަނީ އެރަށުގައި އުޅޭ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. ބިދޭސީ މީހާ ހައްޔަރުކުރުމުގެ ކުރިން އޭނާ ދިރިއުޅޭ ގެ ފުލުންވަނީ ބަލައި ފާސްކޮށްފައެވެ. އެގޭގައި އުމުރުން ދުވަސްވީ މީހަކުވެސް އުޅެމުން ދިޔައެވެ. ހައްޔަރު ކުރި ބިދޭސީ މީހާ އަކީ އެމީހާއަށް އެހީތެރިވުމަށް އެގޭގައި އުޅުނު ބިދޭސީއެކެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުން އަދިވެސް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. މި މައްސަލައާ ގުޅުން ހުރި ހެކިތައް ފުލުހުން ހޯދާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދުނު ކުރިއެރުމެއް ފުލުހުން އަދި ހިއްސާކޮށްފައި ނުވެއެވެ.
ގުޅުންހުރި

ދަނގެތީގެ ރައްޔިތުންގެ ދިގު އިންތިޒާރަކަށް ނިމުން އަންނަނީ: އައު އިންޖީނުގޭގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ލޯންޗަކުން ޖެހި ބިދޭސީއަކު ނިޔާވުން: ލޯންޗު ދުއްވި މީހާ ހައްޔަރުކޮށްފި

ދަނގެތީ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
