logoEN
Sto top
ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖެއަށް މެޑަލް ހޯދައިދިން ފަރާތްތަކަށް ރައީސްގެ މަރުޙަބާ!

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖެއަށް މެޑަލް ހޯދައިދިން ފަރާތްތަކަށް ރައީސްގެ މަރުޙަބާ!

# ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް# ބޮޑީ ބިލްޑިންގް# ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް

Screenshot 2021-10-07 at 20.05.46

އުޒްބެކިސްތާންގައި މިއަހަރު ބޭއްވި 12ވަނަ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން މެޑަލް ހޯދި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.

Wamco

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މުބާރާތުން މެޑަލް ހޯދި ފަރާތްތަކުން ހޯއްދެވި ކާމިޔާބީ ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

އެމުބާރާތުގައި ރާއްޖެ އަށް ރިހި މެޑަލް ހޯދައިިދިނީ 65 ކިލޯގެ ބައިން މުހައްމަދު ރަޝީދު އާއި 55 ކިލޯގެ ބައިން މުހައްމަދު މޫސާ އެވެ. މީގެ ތެރެއިން މުހައްމަދު މޫސާ ވަނީ 2019 ވަަނަ އަހަރުގެ ދެކުނު އޭޝިއާ މުބާރާތުގެ 55 ކިލޯގެ ބައިން ރަން މެޑަލާއި ހަމަ އެ އަހަރު އިންޑޮނީޝިއާގެ ބަތާމްގައި ބޭއްވި އޭޝިއާގެ މުބާރާތުން ލޯ މެޑަލް ހޯދައިފަ އެވެ.

View post on Twitter

އެމުބާރާތުގައި ރާއްޖެ އަށް ލޯ މެޑަލް ހޯދައިިދިނީ ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ބައިން އަޒްނީން ރަޝާދު އާއި 175 ސެންޓިމީޓަރު ބައިން ހުސައިން ހިމްޔަން އެވެ.

ކޯވިޑް-19އާ ގުޅިގެން އެހެން ކުޅިވަރުތަކާ އެއްގޮތަށް ބޮޑީބިލްޑިންއަށްވެސް ބޮޑު އަސަރެއްވަނީކޮށްފައެވެ. އެގޮތުން މިދިޔަ 2 އަހަރު ބޮޑީބިލްޑިންއިންވެސް ވަނީ ބައިނަލްއަޤްވާމީ މުބާރާތްތައް ފަސްކޮށްފައެވެ. އަދި މިއީ ކޯވިޑް ބަލިމަޑުކަމުގެތެރޭގައި ރާއްޖެއިން ވާދަކުރި ފުރަތަމަ މުބާރާތެވެ.

މީގެ ކުރިންވެސް ރާއްޖެގެ ބޮޑީ ބިލްޑަރުންވަނީ ރާއްޖެެއަށް އެކިފަހރު މަތިން ރީތިނަން ހޯދައިދީފައެވެ. އަދި ރާއްޖެއަށް ގިނަ ރަން މެޑަލްތަކެއްވެސް މީގެ ކުރިން ބޮޑީބިލްޑަރުންވަނީ ހޯދައިދީފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside