logoEN
cocacola
އުލިގަމު ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

އުލިގަމު ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

# ކަސްޓަމްސް# ހއ. އުލިގަން

E_bO7slVgAQbi52

ހއ. އުލިގަމުގައި މޯލްޑިވްސް ކަސްޓަމްސްގެ އޮފީހެއް ހުޅުވައިފިއެވެ.

ގޮސިޔާ

މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އުލިގަމު ކަސްޓަމްސް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ދިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ ގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، އުލިގަމު ކައުންސިލް ރައީސްގެ އިތުރުން ކައުންސިލްގެ މެމްބަރުން، އަދި އެމްއެންޑީއެފްގެ އިސް އޮފިޝަލުންނާއި ކަސްޓަމްސްގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އުލިގަމު ކަސްޓަމްސް އޮފީސް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ކަސްޓަމްސްއިން އިސްނަގައިގެން އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުތަކުން ނެގޭ ފީ ކުޑަކުރުމުގރ ސަބަބުން އުލިގަމަށް ވަންނަ ޔޮޓްތައް އިތުރުވެ ރަށަށް އެކި ގޮތްގޮތުން ފައިދާ އާއި މަންފާ ކުރާކަން ފާހަގަކުރައްވާފައެވެ.

އުލިގަމު ބަނދަރުފުޅާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިސްކަންދެއްވާކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރަށްތައް ޕްރޮފެޝަނަލްކާމާއެކު ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ތަސައްވުރެއް ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ތެދުވެރިކަމާ އިހްލާސްތެރިކަމާއެކީ ކަސްޓަމްސްގެ ހީވާގި އޮފިސަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ މިނިސްޓަރ ވަނީ އޮފިސަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި، އަލަށް ގާއިމްކުރެވުނު ކަސްޓަމްސްގެ އޮފީހުގެ މަސައްކަތް މައިގަނޑުގޮތެއްގައި އަމާޒުކުރައްވާނީ އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުތައް ލުއިފަސޭހަކަމާއެކު އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މުސްތަގުބަލާއި އެ ސަރަހައްދުގައި ބޮންޑްވެއަރހައުސްގެ ހިދުމަތް ގާއިމްކޮށް ސަރަހައްދުގެ ރިސޯޓްތަކަށް އެ ވެއަރހައުސްގެ ހިދުމަތް ފުޅާކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އުލިގަމު ކަސްޓަމްސް އޮފީހާއެކު ސަރުކާރުން އުލިގަމުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޔޮޓް މެރީނާ ގާއިމްކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

އުލިގަމުގައި ކަސްޓަމްސްގެ އިމާރާތް ގާއިމްކުރުމަށް 5.6 މިލިއަން ރުފިޔާ ދައުލާތުގެ ބަޖެޓުން ޚަރަދުކޮށްފައިވާއިރު، މި އިމާރާތުގެ މަސައްކަތް ނިންމާފައިވަނީ އެސްޖޭ ކޮންސްޓަރަކްޝަންސް އިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ