
12D44A9F-49C7-4C0C-992E-09CD29D51937
ރާއްޖޭގެ ފިލްމީ ދާއިރާއާ ދާދި ފަހުން ގުޅުނު އިރުފާނާ އިބްރާހިމް (އެރޫ) ގދ. ތިނަދޫ ޒުވާނަކާ ކައިވެނިކޮށްފިއެވެ.

އޭނާ ކައިވެނިކޮށްފައިވަނީ އިއްޔެ އެވެ. ފިލްމީ ދާއިރާގައި ތަފާތު މަސައްކަތްތަކެއް ކުރަމުން ދިޔަ އެރޫ ކައިވެނިކޮށްފައިވާއިރު، އޭނާ ފިލްމީ ދާއިރާއަށް ވަދެފައި ވަނީ އެންމެ ފުރަތަމަ ކޮމެޑީ ފިލްމް '40ޕްލަސް'އިންނެވެ. އެއަށްފަހު އޭނާ ފެނިގެން ދިޔައީ ވެބް ސީރީޒް 'ހުވާ' އިންނެެވެ. ހުވާ ސީރީޒްގައި އެރޫ ފެނިގެންދިޔައީ ވިހަގަދަ މީހެއްގެ ރޯލަކުންނެެވެ.
އެރޫ ފެނިގެން ދިޔަ ބައެއް ފިލްމްތަކާއި ސީރީސްތަކަށް ބަލާއިރު، 40ޕްލަަސްގެ އިތުރުން 'ކޮސްގިނަ މިސްޓޭކްސް'، 'ކާކު؟'، 'ލޯބި ވެވިއްޖެ'، އަދި 'ހެހެސް' އިން ފަދަ ފިލްމްތައް ހިމެނެއެވެ. އޭނާ ކުޅެފައިވާ ބައެއް ވެބް ސީރީޒްތަކަށް ބަލާއިރު ހުވާގެ އިތުރުން އޭނާ ވަނީ 'ޝްްޝް'، 'ގެއްލުނު ފުރާނަ' އަދި 'ޔެސް ސަރ' އިން ފެނިގެން ގޮސްފައެވެ.
އަދި އޭނާ އަކީ މޮޑެލް ކުރުމުގެ ދާއިރާގައިވެސް ފިޔަޖަހަަމުން އަންނަ ތަރިއެކެވެ.
.gif&w=3840&q=75)




