logoEN
PNC TOP 3
މަޝްހޫރު ފިލްމީ ތަރި ނިމާލް ނިޔާވެއްޖެ

މަޝްހޫރު ފިލްމީ ތަރި ނިމާލް ނިޔާވެއްޖެ

# ފިލްމީ ދާއިރާ

ފިލްމީ ތަރި ނިމާލް- ފޮޓޯ: މިހާރު

ފިލްމީ ދާއިރާގައި އެންމެ ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ފިލްމީ ތަރި އަހްމަދު ނިމާލް މިއަދު ނިޔާވެއްޖެ އެވެ.

PNC MID 2

ނިމާލް ނިޔާވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޖެހުނު ސްޓްރޯކަކަށް ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އޭނާ އަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ނަމަވެސް އިތުރު ފަރުވާއަށް ސަރުކާރުގެ މައި ހޮސްޕިޓަލުގައި ހުންނަ ސްޓްރޯކް ސެންޓަރަށް ބަދަލުކޮށް ފަރުވާ ދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެވެ.

ނިމާލް އަކީ ޑިރެކްޓަރު ކަމުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ފަރާތެކެވެ. އަދި މީގެއިތުރުން ނިމާލް ވަނީ އެކްޓްކުރުމުގައިވެސް އެތަކެއް ކާމިޔާބީތައް ހޯދާ ބެލުންތެރިންގެ ލޯބި ހޯދާފަ އެވެ. އެގޮތުން އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ނިމާލް ހޯދީ އޭނާ އެ ކެރެކްޓަރއަކުން މަޝްހޫރުވި "ސަޅިބައިސާ" އިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC