logoEN
Sto top
ތިނަދޫ ކައުންސިލްގެ މައްސަލައެއް އެލްޖީއޭއިން ބަލަން ފަށައިފި

ތިނަދޫ ކައުންސިލްގެ މައްސަލައެއް އެލްޖީއޭއިން ބަލަން ފަށައިފި

# ގދ. ތިނަދޫ ކައުންސިލް# ލޯކަލް ގަވާމަންޓް އޮތޯރިޓީ

1C734C47-B7F2-43F5-921C-5D0BC8553259

ގދ. ތިނަދޫ ކައުންސިލްގެ މައްސަލައެއް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފިއެވެ.

Wamco

މި ނޫހަށް މައުލުމާތު ދެއްވަމުން އެލްޖީއޭގެ ވަކީލް, އަބްދުލް މޫމިން ވިދާޅުވީ ތިނަދޫ ކައުންސިލްގެ މެމްބަރު މުޙައްމަދު ޒަލީފް އަބްދުالله ހުށަހެޅުއްވި މައްސަލައެއް އެ އޮތޯރިޓީން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ނަގަން ޖެހޭ ބަޔާންތައް ގދ. އަތޮޅު ކައުންސިލް މެދުވެރިކޮށް ނެގުމުގެ ކަންކަން ކުރިއަށް ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގދ. އަތޮޅު ކައުންސިލުންވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

"ޒަލީފް ހުށަހަޅުއްވާފަ ހުރި ބައެއް ޝަކުވާތައް އެއީ. ދެން އަޅުގަނޑުމެން މިބަލަނީ އެއީ ހަގީގަތެއްތޯ. ކަން ހިނގާފައި އޮތް ގޮތް ތޯ މި ބަލަން މިހާރު އެހުރީ އަތޮޅު ކައުންސިލާ ހަވާލުކުރެވިފަ. އަޅުގަނޑުމެން މަސައްކަތްކުރާ ގޮތަކީ ރަށު ކައުންސިލެއް ވެއްޖެއްޔާ އެ އަތޮޅެއްގެ އަތޮޅު ކައުންސިލް މެދުވެރިކޮށް ކުރިއަށް ގެންދިއުން. ޝަކުވާތަކަށް ބަލާފަ ބަޔާންތަކާއި ކަން ހިނގާފައި އޮތް ގޮތް އޮޅުން ފިލުވުމަށް އަތޮޅު ކައުންސިލަށް ފޮނުވާފަ ވާނީ," މޫމިން ވިދާޅުވިއެވެ.

މޫމިން ވިދާޅުވި ގޮތުގައި ޒަލީފް ހުށަހަޅާފައިވަނީ, "ކައުންސިލްގެ ރައީސާއި އެބޭފުޅާއާ ދޭތެރޭ ޖެހިފައި ހުރި ބައެއް އިޝޫތަކަކާ" ގުޅޭ މައްސަލައެކެވެ. އަދި އިދާރާ ހިންގުމުގެ ބައެއް ކަންތައްތައްވެސް ހުށަހަޅާފައިވާ ކަމަށް މޫމިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ފަރާތަކުން ކައުންސިލެއްގެ ޝަކުވާ ހުށަހަޅައިފިނަމަ އެ ޝަކުވާއެއް އެލްޖީއޭއިން ބަލާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC