logoEN
WAMCO TOP 1
މެންޗެސްޓާ ސިޓީ ބަލިކޮށް ލެސްޓާއިން ކޮމިއުނޮޓީ ޝީލްޑް ކާމިޔާބުކޮށްފި

މެންޗެސްޓާ ސިޓީ ބަލިކޮށް ލެސްޓާއިން ކޮމިއުނޮޓީ ޝީލްޑް ކާމިޔާބުކޮށްފި

# sports

73A335D8-938B-41C2-BB2A-440A2E503E89

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަން ލެސްޓާ ސިޓީން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

THE TRAVELLER AD

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުން ލެސްޓާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީޝީލްޑް މެޗު ލެސްޓާއިން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ލެސްޓާއިން ލީޑު ނަގާފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ސިޓީގެ ނަތަން އަކޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެލެޗީ އިހެނާޗޯއެވެ.

ދާދި ފަހުން 100 މިލިޔަން ޕައުންޑް ހަރަދުކޮށްގެން ޓީމަށް ގެނައި އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް މި މޗްގައި ކުޅުނު ނަމަވެސް އޭނާގެ ފަރާތުންއެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. މިއީ ގްރީލިޝް ސިޓީއަށް ކުޅެދިން ފުރަތަމަ މެޗެވެ.

މިއީ ލެސްޓާއިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން މި ޝީލްޑް ކާމިޔާބުކޮށްފައިވަނީ 1971 ވަނަ އަހަރެވެ.

އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗް އިއްޔެ ކުޅުނުއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 14 އޯގަސްޓް ވާ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް
ފަހުގެ
HDC