logoEN
WAMCO TOP 1
ވޯލްޑްކަޕް: ފަހަތުން އަރައި އިންގްލޭންޑް ބަލިކޮށް އާޖެންޓީނާ ފައިނަލަށް

ވޯލްޑްކަޕް: ފަހަތުން އަރައި އިންގްލޭންޑް ބަލިކޮށް އާޖެންޓީނާ ފައިނަލަށް

ހަސަން ޝަމްއޫން

logo

7/15/2026, 8:03:28 PM

# FIFA World Cup 2026# sports

އިންގްލެންޑާއި އާޖެންޓީނާ ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނުގެ ދެވަނަ މެޗުގައި މިރޭ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އިންގްލޭންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގެ ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 3-1 ގެ ނަތީޖާއަކުން ސްވިޒަލޭންޑް ބަލިކުރުމަށްފަހު އެވެ. އަދި އިންގްލޭންޑް ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ނޯވޭ ބަލިކުރުމަށްފަހު އެވެ.

އެޓަލާންޓާގެ މާސެޑީސް ބެންޒް ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފު އިންގްލޭންޑުން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެންޓޮނީ ގޯޑަން އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު މޯގަން ރޮޖަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އާޖެންޓީނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒް އެވެ. މިއީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިމެޗުން އާޖެންޓީނާ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ.

ކޮމެންޓް
ފަހުގެ
HDC