logoEN
cocacola
ދައުވަތު ދިނީ އިންތިޚާބަށް ކޯލިޝަން ހަދާކަށް ނޫން - އަދުރޭ

ދައުވަތު ދިނީ އިންތިޚާބަށް ކޯލިޝަން ހަދާކަށް ނޫން - އަދުރޭ

# ޕީޕީއެމް# ޕީއެންސީ

71926771_2283014842010435_913681668621991936_n

އިދިކޮޅު ފަރާތްތަކުން ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދެއްވީ ގައުމީ މަސައްކަތެއް ކުރަން ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ގޮސިޔާ

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި ކެމްޕޭނެއް ލޯންޗުކޮށް އެ ކެމްޕޭންގައި ބައިވެރިވާން އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދޭން ނިންމިއެވެ. އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ދައުވަތު ފޮނުވިއެވެ. ނަމަވެސް ޕީޕީއެމް އާއި ޕީއެންސީން އެއްވެސް ގޮތަކަށް ކޯލިޝަނެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން އިދިކޮޅު ފަރާތްތަކާ ކޯލިޝަން ހެދުމުގެ ވިސްނުންފުޅު ގެންގުޅުއްވި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަމަށް އެއްބަހެއް ނޫނެވެ.

ރާއްޖޭގައި ހިންގާ ނޫހަކަށް މައުލޫމާތު ދެއްވަމުން އަދުރޭ މިއަދު ވިދާޅުވެފައިވަނީ ދައުވަތު ދިނީ ގައުމީ މަސައްކަތެއް ކުރުމަށް އެކުގައި މަސައްކަތްކޮށްދިނުމަށް އެދި ކަމަށެވެ. އަދި ސިޔާސީ މަސައްކަތްތަކާއި އިންތިޚާބުތަކަށް އެއްވެސް އެހެން ޕާޓީއެއްގެ އެހީ ހޯދަން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސިޔާސީ މަސައްކަތެއް ކުރަން، އިންތިޚާބަށް ކޯލިޝަން ހަދަން ވެގެނެއް ނޫން މި ދައުވަތެއް ދެނީއެއް، އަޅުގަނޑުމެން ސިޔާސީ މަސައްކަތް ކުރަން ކޯލިޝަނެއް ނުހަދާނަން އިތުރު ޕާޓީއަކާއެކު،" އަދުރޭ ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން އެކްޓިން ލީޑަރު އަދުރޭ ދައުވަތު ދެއްވިއިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ