logoEN
cocacola
އިދިކޮޅުގެ ދައުވަތު އެމްޑީޕީ ނުލައި ހަތަރު ޕާޓީއަކަށް!

އިދިކޮޅުގެ ދައުވަތު އެމްޑީޕީ ނުލައި ހަތަރު ޕާޓީއަކަށް!

# ޕީޕީއެމް# ޕީއެންސީ

big_iQvgWbOvzBAULBaBwvM02684L

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އިސްވެ ފަށާފައިވާ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތުގައި ބައިވެރިވާން ހަތަރު ޕާޓީއެއްގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވާފައިވާ ކަމަށް އިދިކޮޅު ދެ ޕާޓީގެ ކޯލިޝަނުން ބުނެފިއެވެ.

ގޮސިޔާ

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ހަރަކާތެއް ފަށަން ޕީޕީއެމްއާއި ޕީއެންސީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެ ހަރަކާތުގައި ބައިވެރިވުމުގެ ދައުވަތު ޕާޓީތަކުގެ ލީޑަރުންނަށް ދެއްވާނެ ކަން ހާމަ ކުރައްވައިފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން ވެސް ހިމެނޭ ގޮތަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން ދައުވަތު ދިން އިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.

ޕީއެމްއާއި ޕީއެންސީ އިން ބުނި ގޮތުގައި އެ ކެމްޕޭނާ ގުޅުމުގެ ދައުވަތު ފޮނުވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާޙީމްއާއި، އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުއަށް ވަނީ ފޮނުވައިފައެވެ.

މިއީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ އެމްޑީޕީ ފިޔަވައި ރާއްޖޭގައި އެންމެ ހަރަކާތްތެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ