logoEN
cocacola
ބީއެމްއެލް ކޮމިއުނިޓީ ފަންޑުންގެ އެހީގައި 50 މަޝްރޫއު ހިންގައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުންގެ އެހީގައި 50 މަޝްރޫއު ހިންގައިފި

އަހުމަދު މާހު

logo

7/14/2021, 10:00:17 AM

# ބެންކް އޮޮފް މޯލްޑިވްސް

https___www.bankofmaldives.com_.mv_storage_article_416_2948_1619421104.16194211042293-1024x768

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"އިން މިހާތަނަށް 50 ޕްރޮޖެކްޓް ހިންގައިފިއެވެ.

ގޮސިޔާ

ބީއެމްއެލް "އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު" އަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ފަރާތުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބީއެމްއެލް ފަށާފައިވާ މަޝްރޫއުއެކެވެ. ބީއެމްއެލްއިން ވަނީ މިހާތަނަށް ރާއްޖޭގެ 18 އަތޮޅެއްގައި މަޝްރޫއު ހިންގާފައިވެ އެވެ. އެގޮތުން 30 ރަށެއްގައި ހިންގުނު ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަނީ މިހާރު ނިންމާލާފައެވެ.

އެޕްރޮޖެކްޓް ތަކުގެ ތެރޭގައި ކޮމިއުނިޓީ ޕާކް، އައުޓްޑޯރ ޖިމް، މަސްކަނޑާތަން، ކުޑަކުދިންގެ ޕާކް، ސޯލާ ލައިޓް ހަރުކުރުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރުން، ބިއްލޫރި ފުޅި ހަދިޔާ ކުރުން، ނޭޗަރ ޕާކް ތަރައްގީ ކުރުން، ލައިބްރަރީ ތަރައްގީ ކުރުމާއި، ކުނި މެނޭޖް ކުރުމަށް އެހީތެރިވުމާއި ސްކޭޓް ޕާކާއި ޕިކްނިކް ސަރަހައްދު ގާއިމް ކުރުން ފަދަ ތަފާތު ޕްރޮޖެކްޓްތައް ހިމެނެއެވެ.

ބީއެމްއެލުން ބުނީ، މި ޕްރޮޖެކްޓުތަކުގެ ދަށުން ކޮންމެ އަހަރަކު އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި އަހަރު ތެރޭ އަދި އިތުރު 10 ޕްރޮޕޯސަލް ހޮވަން ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ