logoEN
cocacola
ހުޅުމާލޭގައި ސިޓީ ބައިކް ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލް އިން އެޗް.ޑީ.ސީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި ސިޓީ ބައިކް ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލް އިން އެޗް.ޑީ.ސީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

# ބެންކް އޮޮފް މޯލްޑިވްސް

https___www.bankofmaldives.com.mv_storage_article_426_3046_1622698348.16226983483117

ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމަށް "ސިޓީ ބައިކް ޕްރޮޖެކްޓް" ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ގޮސިޔާ

ބީއެމްއެލް އިން ބުނީ، މި ޕްރޮޖެކްޓް ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް ލިބޭނެހެން 300 ބައިސްކަލު ތައާރަފް ކުރެވިގެންދާނެ ކަމަށެވެ. މި ބައިސްކަލްތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދުއްވުމަށް ބޭނުންކުރެވޭއިރު، ހުޅުމާލޭގައި ހާއްސަކުރެވޭ އެކި ސަރަހައްދުތަކުގައި ޑޮކިންގ ސްޓޭޝަން ގާއިމްކޮށް ބައިސްކަލު ޕާކުކުރުމަށް އެކަށޭނަ ޖާގަ ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ބައިސްކަލު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ހިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ނިޒާމް އެކުލެވޭ ސިސްޓަމެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މި ޕްރޮޖެކްޓަށް ފަންޑުކުރުމަށް ހަމަޖެހިފައިވާއިރު މި ޕްރޮޖެކްޓް ހިންގުމަށް ހަަމަޖެހިފައިވަނީ އެޗް.ޑީ.ސީ އާ ގުޅިގެންގެނެވެ

" ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް މުޅިން އަލަށް ތައާރަފް ކުރެވޭ މިފަދަ ޕްރޮގްރާމެއް ހިންގުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއް. މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު އާންމު ކުރެވިގެން މިދަނީ މިއަހަރުގެ 'ވޯލްޑް ބައިސިކަލް ޑޭ' އާ ގުޅުވައިގެންކަންވެސް ފާހަގަކޮށްލަން." މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ