logoEN
cocacola
އެއްވެސް މެޗަކުން ބަލިނުވެ ޔޫރަޕުގެ ފުޓްބޯޅައިގެ ރަސްކަން އިޓަލީއަށް

އެއްވެސް މެޗަކުން ބަލިނުވެ ޔޫރަޕުގެ ފުޓްބޯޅައިގެ ރަސްކަން އިޓަލީއަށް

# އިޓަލީ# ޔޫރޯ 2020

SIOXA6P3MVPVTGCXMEBLWUSDC4

މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ގަދަފަދަ އިޓަލީއިން ޔޫރަޕުގެ ފުޓްބޯޅައިގެ ރަސްކަން ހޯދައިފި އެވެ.

ގޮސިޔާ

މިރޭ ކުޅުނު ޔޫރޯ 2020 ގެ ފައިނަލްގައި އިޓަލީއިން ޔޫރޯގެ ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި އިނގިރޭސިން ބަލިކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް އެޓޭކިންގް ގޭމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު އިންގްލޭޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 2 ވަނަ މިނުޓުގައި ކާމިޔާބުކޮށްދިނީ ލޫކް ޝޯއެވެ. އިންގްލޭންޑުން މި ހާފު ނިންމާލީ ބައިކޮޅަށް ގޯލެއް ނުވައްދައެވެ. އަދި އިންގްލޭންޑުގެ ގޯލަށްފަހު މިހާފުގައި ގޯލަށް ނުރައްކާކޮށް ދެ ޓިމުން ކުރެ ޓީމަކުން ޝޮޓު ތަކެއް ހަދާފައި ނުވެއެވެ.

ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައިވަނީ އިޓަލީއިންނެވެ. އޭގެ ނަތީޖާއަކަށްވީ މެޗުގެ 67 ވަނަ މިނުޓުގައި އިޓަލީގެ ޑިފެންޑަރު ލިއެނާރޑޯ ބޮނޫޗީ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިއުމެވެ. މި ލަނޑަށްފަހު ދެ ޓީމުންވެސް ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ 1-1 މެޗުގެ ނަތީޖާ އެއްވަރުވެގެންނެވެ.

މެޗުގެ އިތުރު ވަގުތުގައިވެސް ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާ ނުނެރެވުމާއެކު ދެން ޖެހުނީ ޕެނެލްޓީ ޖަހާށެވެ. ޕެނެލްޓީއިން 3-2 ގެ ނަތީޖާއަކުން އިޓަލީ މޮޅުވި އިރު އެ ޓީމުގެ ޖޯޖީނިއޯ އަދި ބެލޮޓީ ޖެހި ޕެނެލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. އިންގްލޭންޑުން ޖެހި ޕެނެލްޓީތަކުގެ ތެރެއިން ކާމިޔާބުވެފައިވަނީ ކޭން އަދި މެގުއާރ ޖެހި ޕެނެލްޓީ އެކަންޏެވެ.

މި ނަތީޖާއާއެކު އިޓަލީއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުން މި މުބާރާތް ކާމިޔާބު ކުރީ އެންމެ މެޗަކުންވެސް ބަލި ނުވެ، މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ 1968 ވަނަ އަހަރަށްފަހު އިޓަލީއިން ހޯދި ފުރަތަމަ ޔޫރޯއެވެ. އަދި މިއީ 2006 ވަނަ އަހަރުގެ ވޯރލްޑް ކަޕަށްފަހު އިޓަލީއިން އުފުލާލި ފުރަތަމަ ޓްރޮފީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ