logoEN
cocacola
މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި

# ކޮވިޑް19# މަޖިލިސް

Majilis

މާދަމައިން ފެށިގެން ރައްޔިތުންގެ މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާއު މިކަން އަންގަވަމުން ވިދާޅުވީ މާދަމައިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށާއި އެ ކަމަށް ބޭނުންވާ އިންތިޒާމުތައް މަޖިލީހުން މިހާރު ދަނީ ކުރަމުން ކަމަށެވެ. އަދި އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ކޮވިޑް19 ގެ ހާލަތާ ގުޅިގެން ކަމަށްވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާއިރު މީހުން ދިރިއުޅޭ 70 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިންގައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، ފަހަކަށް އައިސް ކޮވިޑަށް ފައްސި ވާ މީހުންގެ އަދަދުތައް ވެސް ކޮންމެ ދުވަހަކު ހުންނަނީ 1000 އިން މަތީގައެވެ.

މިހާތަނަށް ކޮވިޑް ޖެހިފައިވާ 55،924 މީހުން ރާއްޖެއިން ފެނިފައިވާ އިރު ބަލީގައި 136 މީހަކު ވަނީ މަރުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ