logoEN
Sto top
ކޮނޑޭ ކައުންސިލު ރައީސްގެ ވޯޓު އަލުން ގުނަން އަމުރުކޮށްފި

ކޮނޑޭ ކައުންސިލު ރައީސްގެ ވޯޓު އަލުން ގުނަން އަމުރުކޮށްފި

# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު# ކޮނޑޭ ކައުންސިލް# ގއ. ކޮނޑޭ# ހައި ކޯޓު

BlLHstfIcAEB007

ފާއިތުވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނަން ހައި ކޯޓުން އަމަރުކޮށްފިއެވެ.

Wamco

ކޮނޑޭ ކައުންސިލް ރައީސްގެ ވޯޓު ބާތިލުކޮށް، އަލުން ގުނައިދިނުމަށް އިންތިހާބީ ޝަކުވާ ހުށަހަޅާފައި ވަނީ ކައުންސިލު ރައީސް ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީއެވެ.

މައްސަލާގައި ޝުއައިބު ދެ ކަމެއް ފާހަގަކުރެއްވިއެވެ. އެއީ ވޯޓު ފޮށީގެ ވެރިޔާ އިންތިހާބާ ބެހޭ ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވުމާއި، އެ ރަށުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފަށް ވޯޓުލާފައިވާ ކަމުގެ ޝަކުވާއެވެ.

އެ މައްސަލާގައި ހައިކޯޓުން މީގެ ކުރިން ވަނީ އެ ރަށު ކައުންސިލްގެ ރައީސްގެ ހުވާ ކުރެއްވުން ފަސް ކުރަން އަމުރުކޮށްފައެވެ.

މި މައްސަލައާއި ގުޅޭގޮތުން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝުއައިބު ފާހަގަކުރައްވާފައިވާ ކަންތައްތަކަކީ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވޭތީ އަލުން ކައުންސިލް ރައީސްގެ ވޯޓު ގުނަން އަމުރު ކުރާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC