
20181116-DJI_0109
ގދ ތިނަދޫގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުއްޓާ މިއަދު ފައްސިވި ފާރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އަދި މި މީހާއަކީ ކަރަންޓީނުގައި ނެތް މީހެއް ކަމަށް ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕީއާރް އޮފިސަރ ސާލިމް " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މިއަދު ތިނަދޫއިން ފައްސި ވެފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ނެގި ކަރަންޓީން ރިލީޒް ދެ ސާމްޕަލެކެވެ. އަދި ފައްސިވި ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ފައްސިވުމާއި އެކު ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ސާލިމް ވިދާޅުވިއެވެ.
މިއާއި އެކު މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 3 ކެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
