logoEN
WAMCO TOP 1
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން

ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން

އަހުމަދު މާހު

logo

4/13/2021, 6:00:06 PM

# ނަމާދު# ދީން

bidhua

ސުވާލު: ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުމަކީ ކޮންކަހަލަ ކަމެއްތޯ؟

THE TRAVELLER AD

ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ނަމާދު އަދާކުރަންވާނީ ތިމާއަށް ވެވުނު އެންމެ ޚުޝޫޢަތްތެރިކަމާއި އެކުގައެވެ. އެހެންނަމަވެސް ނަމާދުގައި ހުއްޓާ ތިމާއަށް އުދަގޫ ވާފަދަ ދަރަޖައަކަށް ތަނެއްހިރުވާނަމަ، އެތަނެއް ކަހާލުމަކީ އިރާދަކުރެއްވިއްޔާ ތިމާގެ ނަމާދަކަށް އުނިކަމެއް އަންނާނެކަމެއްނޫނެވެ. އެހެންނަމަވެސް ބޭނުމެއްނެތި އެގޮތަށް ކަންތައްކުރާނަމަ، ނަމާދަށް އެކަމުގެ ސަބަބުން އުނިކަން އަންނާނެއެވެ. އަދި ދުރުން ބަލާމީހަކަށް ނަމާދުކުރަންހުރި މީހާގެ މި ޙަރަކާތްގިނަވެގެންގޮސް އޭނާ ހުރީ ނަމާދަށް ނޫންކަމަށް ހީވާ ދަރަޖައަށް މިކަން ކުރާނަމަ، މިކަމުގެ ސަބަބުން އެމީހާގެ ނަމާދު ބާޠިލްވެސް ވެގެންދާނެއެވެ. والله أعلم

ޖަވާބު ދެއްވީ: އަލްއުސްތާޛް އަޙްމަދު ނިޡާމް

މަސްދަރު: އިލްމް.އެމްވީ

ކޮމެންޓް
ފަހުގެ
HDC