
ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 ފަށައިފި
# އިސްލާމިކް މިނިސްޓްރީ# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު# ދީނީ މަޢުލޫމާތުފޮޓޯ: މިނިސްޓްރީ
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 މިރޭ ފަށައިފިއެވެ.

މި ބައްދަލުވުމަށް މިރޭ އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވުޒާރާގެ މަސައްކަތްތަކުގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރުގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި 101 ޢިލްމުވެރިން ބައިވެރިވެލައްވައެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 22 ޒުވާން ޚަޠީބުންނާއި 13 އިމާމުންނާއި 24 އިސްލާމް މުދައްރިސުން މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މަޢުޟޫޢުތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައިވާކަން ފާހަގަަކޮށްލެވެއެވެ.
ގުޅުންހުރި

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 ފަށައިފި

ލިޔުންތެރިކަމާއި ކިޔުންތެރިކަމަކީ މާތްﷲ ދެއްވި މަތިވެރި ނިޢުމަތެއް - ޝަހީމް

ވަޤުފާއި ޞަދަޤާތުގެ ލިންކުތަކުން މިއަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ




