logoEN
WAMCO TOP 1
ކެރަމް އެސޯސިއޭޝަންގެ ފަރާތުން މުހްޔިއްދީން ސްކޫލަށް ކެރަމް ބޯޑުތަކެއް ހަދިޔާކޮށްފި

ކެރަމް އެސޯސިއޭޝަންގެ ފަރާތުން މުހްޔިއްދީން ސްކޫލަށް ކެރަމް ބޯޑުތަކެއް ހަދިޔާކޮށްފި

ހަސަން ޝަމްއޫން

logo

8/13/2026, 3:32:12 PM

# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކެރަމް އެސޯސިއޭޝަންގެ ފަރާތުން މުހްޔިއްދީން ސްކޫލަށް ކެރަމް ބޯޑު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ސީއޭމް

ކެރަމް އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގައި ކެރަމް ކުރިއަރުވައި މިކުޅިވަރު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހްޔިއްދީން ސްކޫލަށް ކެރަމް ބޯޑުތަކެއް ހަދިޔާކޮށްފިއެވެ.

THE TRAVELLER AD

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނަރަލް ސެކްރެޓަރީ ހުސެއިން ރައުޝަން ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވިގޮތުގައި މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކެރަމް ތައާރަފު ކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތްތަލުގެ ތެރޭގައި ހިމެނޭ ބައެއްކަމަށެވެެ. އަދި މިއަހަރު ތެރޭގައި ރާއްޖޭގެ އިތުރު ތިން ރަށެއްގައި ކެރަމްގެ ޓްރޭނިންގް ޕްރޮގުރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ.

އަތޮޅުތެރޭގައި ކެރަމްގެ ފޯރި އިތުރުކޮށް ހުނަރުވެރި ކުޅުންތެރިން ބިނާކުރުމަކީ އެސޯސިއޭޝަންގެ ވަރަށް ބޮޑު އަމާޒެއް. ނަމަވެސް އަޅުގަނޑުމެން ގަސްތެއްނުކުރަން ކޮންމެ ފަހަރަކު އެސޯސިއޭޝަންގެ ފަރާތުން މީހުން ފޮނުވާގެން މިކަންކުރާކަށް.. އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންވަނީ ކެރަމްގައި އުޅޭ އެކަޑަމީތަކަށް ބާރުވެރިކޮށް އެފަރާތްތަކަށް އެފުރުސަތު ދިނުމަށެވެ.

އޭގެ ސަބަބުން އެކަޑަމީތަކަށާއި އެކަޑަމީތަކުގައި މަސައްކަތްކުރާ ކޯޗުންނަށް އޭމީހުންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް މަގުފަހިވުމުގެ އިތުރުން އެކަޑަމީތައް ވަރުގަދަވެ ކުރިއަރައިގެންދާނެކަމަށް ރައުޝަން ވިދާޅުވިއެވެ.

އެގޮތުން މުހްޔިއްދީން ސްކޫލުގެ ދަރިވަރު ތަމްރީނުކުރުމަށް ހަވާލުކޮށްފައި ވަނީ އިކޫ ކެރަމް އެކަޑެމީއާއެވެ.

"ކެރަމް އެސޯސިއޭޝަނާ ގުޅިގެން އިކޫ ކެރަމް އެކަޑެމީން މުހްޔިއްދީން ސްކޫލުގެ ދަރިވަރުންނަށް ޕްރޮފެޝަނަލް ކެރަމް ތަމްރީނުތައް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް".. ކެރަމްއަކީ ދުނިޔޭގެ ވޯލްޑް ކަޕް އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ ކުޅިވަރެއްކަން ފާހަގަކުރަމުން އިކޫ ކެރަމް އެކަޑެމީ ގެ ރައީސް އަޙުމަދު އިކްލީލް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އުންމީދަކީ، މި ތަމްރީނުތަކުގެ އެހީގައި މުސްތަގުބަލުގައި މުހްޔިއްދީން ސްކޫލުން ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް ފެނިގެންދިއުން"..

ކޮމެންޓް
ފަހުގެ
HDC