logoEN
WAMCO TOP 1
އާރުޑީސީއާއެކު އަމިއްލައަށް މައުލޫމާތު ހާމަކުރި ދައުލަތުގެ އިދާރާތަކުގެ އަދަދު 40 އަށް!

އާރުޑީސީއާއެކު އަމިއްލައަށް މައުލޫމާތު ހާމަކުރި ދައުލަތުގެ އިދާރާތަކުގެ އަދަދު 40 އަށް!

އަހުމަދު ޝުރާއު

logo

8/13/2026, 8:29:04 AM

# އާރްޑީސީ

-

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރިހަމައަށް އާންމުކޮށްފިއެވެ.

THE TRAVELLER AD

މިއާއެކު އެ ކުންފުނި ވެގެންގޮސްފައިވަނީ މުޅި ރާއްޖޭގެ ދައުލަތުގެ އިދާރާތަކުގެ ތެރެއިން މިގޮތަށް މައުލޫމާތު ހާމަކުރި 40 ވަނަ އިދާރާއަށެވެ. މަ

އުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް 2014 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން، މިއީ މިގޮތަށް ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމުގެ މަތިން 13 ބާވަތެއްގެ މައުލޫމާތު އާންމުކޮށް ހާމަކުރަންޖެހެއެވެ. އޭގެ ތެރޭގައި އެ އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި، އޮނިގަނޑު އަދި ވާޖިބުތަކުގެ އިތުރުން އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތައް ހިމެނެއެވެ. ހަމައެއާއެކު މުވައްޒަފުންނަށް ވަކިވަކިން ދޭ އުޖޫރައާއި، ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ އަދި ޒިންމާކުރުން ރޭވިފައިވާ ގޮތްތައްވެސް އާންމުކުރަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެއެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭ މިފަދަ މައުލޫމާތުތައް ސަރުކާރުގެ ހުރިހާ ވުޒާރާތަކުން މިހާރު ވަނީ އާންމުކޮށްފައެވެ. މިއީ ދައުލަތް ހިންގުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް
ފަހުގެ
HDC