
ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ބޮޑުވަޒީރުގެ މުޝީރާ މަޝްވަރާކޮށްފި
# ރާއްޖެ - ބަންގްލަދޭޝް-
ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މުޝީރު ހުމާޔޫން ކަބީރާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން އަދި ބޮޑުވަޒީރުގެ މުޝީރު ވަނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ބައިނަލްއަގުވާމީ އަދި ދޭދޭ ގައުމުތަކުގެ ގުޅުން އިތުރަށް ފުޅާކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން ދެ ގައުމަށް ފައިދާހުރި މުހިންމު ކަންތައްތަކެއްގެ މައްޗަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގުތިސާދީ ގުޅުން ފުޅާކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، އެ ދާއިރާ އިތުރަށް ކުރިއެރުވުމަށްވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ގުޅުންހުރި

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ބޮޑުވަޒީރުގެ މުޝީރާ މަޝްވަރާކޮށްފި

ރާއްޖެއިން އެދެނީ ބަންގްލަދޭޝްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވޭނެ މަގުފަހިވުން!

ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އައު ސަފީރު، ބަންގްލަދޭޝްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި




