
ބަންގާޅު ހަމަނުޖެހުން: ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކު ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފި
# ފޮރިން މިނިސްޓްރީ# ރާއްޖެ - ބަންގްލަދޭޝްޑާކާ ކާފިއުގައި
ބަންގްލަދޭޝަންގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އެކު ހާލަު އެންމެ ގޯސްވެފައިވާ ވެރިވަށް ޑާކާ ސަރަހައްދުގެ ޔުނިވާސިޓީއެއްގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކު ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީއިން ވަނީ ބަންގަލްދޭޝަންގެ ހާލަތާއި ގުޅޭގޮތުން މިއަދު ބަޔާނެއް ނެރެފައި އެވެ. ބަޔާނުގައި ބުނެފައިވަނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ/
މިގޮތުން، މިވަގުތު ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލުބަލަމުން ކަމަށާއި މިދަރިވަރުންނާއެކު، ބަންގްލަދޭޝުގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މަޢުލޫމާތު ދީފައި ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
އެމިނިސްޓްރީއިން ބުނީ ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު ވަނީ އެހެން ސަރަޙައްދަކަށް ބަދަލު ކުރެވިފައި ކަމަށެވެ.
އަދި، ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެގެން ވަނީ ހަމަޖައްސައިދީފައި ކަމަށްވެސް ވަނީ ބުނެފައި އެވެ.
ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑަރ ހުރަސްކުރުމުގައި އެހީތެރިކަމަށް އެދުމުން ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ މީގެ ކުރިން، އެކަމުގައި އެހީތެރިކަން ފޯރޮކޮށްދީފައެވެ.
ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުށް މިމިނިސްޓްރީއިން މިއަންނަނީ ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތްކުރަމުންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާ ވަނީ ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރިއަރ އެޑްމިރަލް ޝެއިޚް އަބްދުލް ކަލާމްއާޒާދާއި މިއަދު ބައްދަލުކުރައްވައި، ބަންގްލަދޭޝުގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައި، ބަންގްލަދޭޝުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
މިވަގުތު ބަންގްލަދޭޝުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އެމިނިސްޓްރީއިން ވަނީ ބަޔާނުގައި އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ރާއްޖެއިން އެދެނީ ބަންގްލަދޭޝްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވޭނެ މަގުފަހިވުން!

ރާއްޖެއާއި ޗައިނާއާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު "ކޮންސިއުލަރ ޑައިލޮގް" ގެ ތިންވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފި





