logoEN
WAMCO TOP 1
ފެންވަރު ރަނގަޅު ބޭސް ގެނައުމަށް ސްޓޭޓްފާމާއިން އެޗް.ޕީ.އެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފެންވަރު ރަނގަޅު ބޭސް ގެނައުމަށް ސްޓޭޓްފާމާއިން އެޗް.ޕީ.އެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

8/12/2026, 4:12:29 PM

# ސްޓޭޓްފާމާ

-

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓްފާމާއިން ދުނިޔޭގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުންޏެއް ކަމަށްވާ އެޗް.ޕީ.އެލްއާއެކު ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

THE TRAVELLER AD

މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ސްޓޭޓްފާމާއިން ވަނީ ފާހަގަކޮށްފައެވެ.

ސްޓޭޓްފާމާއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ސްޓޭޓްފާމާގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިންގެ މަރުހަލާތައް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

އަދި މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަންވެސް އެކުންފުނީން ހާމަކުރއެވެ.

އެޗް.ޕީ.އެލް އަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނީގެ ފެންވަރު ރަނގަޅު އުފެއްދުންތައް މިހާރުވެސް ދުނިޔޭގެ އެކި ބައްރުތައް ކަމަށްވާ ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން ބައްތިރީހަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދެއެވެ. ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ މިފަދަ ކުންފުންޏަކާއެކު ސްޓޭޓްފާމާއިން ގުޅުން ގާއިމުކުރުމަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC